ފުލުސްއޮފީހަށް ޒަކީ ހާޒިރު ކޮށްފި

ރައީސްމުޙައްމަދު ނަޝީދުގެ ޚާއްސަ މަންދޫބު އިބްރާހީމް ހުސައިން ޒަކީ ފުލުހުންގެއިދާރާއަށް މިއަދު ހާޒިރުކޮށްފިއެވެ.

ޒަކީފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 10:30 އެހައިކަންހާއިރު އެވެ.އޭނާ ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވަނީ ހދ. ހޮނޑައިދޫގައި މަސްތުވާތަކެތިބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.

ފުލުހުންބުނެފައިވަނީ ފުލުހުންގެ އިދާރާއަށް ޒަކީ ހާޒިރު ކުރުމުން އޭނާވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރައްވާފަ އެވެ.

ހޮނޑައިދޫގައިބަނގުރަލާއި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ޒަކީގެ ދަރިކަލުންހަމްދާން ޒަކީ އާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ކާށިދޫ ދާއިރާގެމެމްބަރު ޢަބްދުﷲ ޖާބިރާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު ޢަބްދުލްޣަފޫރާއި، ރައީސް ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީމުޙައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ފާއިޒުގެ އިތުރަށް އެހެން ބައެއްގެ މައްޗަށްދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.

އިބްރާހީމްޙުސައިން ޒަކީގެ މައްޗަށް ދަޢުވާ ކުރުމަށް ފުރަތަމަ ފަހަރަށް ޕީޖީއަށް ފޮނުވުމުންތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ޕީޖީވަނީ ފުލުހުންނަށް އަންގަވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :