ދުވަސް އޮންލައިން

މަރުޙަބާއާއި އުފާވެރިކަން ހުއްޓެވެ. ދިވެހި ނޫސްވެރިކަމުގެ ތެރެއަށް ވުޖޫދުވާ މިނޫހަށް ފާގަތިކަން ހުއްޓެވެ. މިނޫހުގެ އަހުލުވެރިންނަށް މަރުޙަބާއާއި ބާއްޖަވެރިކަން ހުއްޓެވެ.

ދުވަސް އޮންލައިން ނޫހަކީ ވަރަށް މަތިވެރިމަގުސަދެއްގައި ފަށާ ނޫހެކެވެ. މިނޫސް ވުޖޫދަށް އަންނަނީ ރާއްޖޭގެ އިޖުތިމާޢީފޭރާން ވީދެމުން ކުދިކުދިވަމުން އަންނަ ވަގުތެއްގައެވެ. އެހެންކަމުން މިނޫހަށްދިމާވާނެ ގޮންޖެހުންތައް ވަކި ސަހައްޔެއް ނުވާނެއެވެ.

މިފަދަ ދަނޑިވަޅެއްގައި މިނޫހުން މަސައްކަތްކުރާނީ ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލައި ދިވެހި މުޖުތަމަޢު ހަމަމަގަށްއެޅުވުމަށެވެ.

މިއީ ދިވެހިންގެ ބިމެވެ. މިބިމުގައި އެންމެންނަށްހަމަހަމަކަން އޮންނަން ޖެހޭނެއެވެ. ތިމާގެ ހައްގެއް ގެއްލިގެންދާ ކަމަށްވާނަމަކޯޓު ތަކުގެ ދޮރުފަތްތަކުގައި ޓަކިޖަހަންވީއެވެ. ހައްގު ގެއްލިފައިވާމީހާއަށްޓަކައި އެދޮރު ހުޅުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުހުސައިން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ކޯޓު މަރުހަލާ އެއޮތީ ހުޅުވިފައެވެ.

 އިންސާފު ހޯދުމަށް ކޯޓުތަކަށް ދާއިރު ޢަދުލުއިންސާފުގެ ދާއިރާއޮތީ އެފުށްމިފުށަށް ޖެހިފައެވެ. އެހެންނަމަވެސް އެކަން ރަނގަޅުކުރަންޖެހެއެވެ. އެންމެން ގުޅިގެން ކުރިއަށް ދިޔުމުގެ މުހިންމުކަން މިރާއްޖެއަށްމިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މައްސަލަ ބޮޑުވެފައިވާ ވާހަކަ ދެއްކުމަކުންފަަރަކު ނުޖެހެއެވެ. ދެންއޮތީ މައްސަލަ ޙައްލުކުރުމެވެ. ޙައްލުކުރެވެން އޮތީވާހަކަ ދެކެވިގެންނެވެ. ވާހަކަ ދެކެވެންއޮތީ ޒާތީ ތައައްސަބުން ދުރުވެގެންނެވެ.އެކަން ކުރެވޭނީ ގޮތްދޫކޮށްގެންނެވެ. ރުޅިވެރިކަމާއި ނަފުރަތުގެ އަލިފާންނިއްވައިގެންނެވެ.

 މައްސަލަ އެންމެންނަށްވެސް އެނގެއެވެ.ކަންކުރަންވާ ގޮތްވެސް އެނގެއެވެ. ކަންއޮންނަންވާ ގޮތްވެސް އެނގެއެވެ. ނަމަވެސްޙައްލުކުރަން މަސައްކަތްކުރާ ހިސާބުން ޚިޔާލު ތަފާތުވެއެވެ.

ރާއްޖޭގައި ތިންބާރު ވަކިފައިވާ ވެރިކަމެއްކުރަމުންދާއިރު އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވައި ބިރު ދެއްކުމުގެބަދަލުގައި ރަނގަޅު ކުރަން މަސައްކަތް ކުރުން މާރަނގަޅުވާނެއެވެ.

ޤައުމަށް ފައިދާވާނީ ވަކި މީހެއްގެ ބަހަކަށް ކަންކޮށްގެންނޫނެވެ.ވަކި ބައެއްގެ ބަހަށްވެސް ކަންކޮށްގެން ނޫނެވެ. ފައިދާވާނީ އެންމެން "އެއްލަވައެއް"ކިޔައިގެންނެވެ.

ޤަައުމުގައި އޮތީ ހަމައެކަނި ސިޔާސީ މައްސަލައެއްނޫނެވެ. ގައުމަކަށްވީތީ އިތުރު އެހެން އެތައް ކަމެއް ހުންނާނެއެވެ. އިގުތިސާދީގޮތުން ފުދުންތެރިވުމަށް ކުރަން ޖެހޭބައިވަރު މަސައްކަތެވެ. ދުޅަހެޔޮ އާބާދީއެއްބިނާކުރުމުގެ މަސައްކަތެވެ. ތައުލީމީ ގޮތުން ފުންނާބު އުސް މީހުން ބިނާކުރުމުގެމަސައްކަތެވެ.

 މިހުރިހާކަމަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކުގެވާހަކަ މިނޫހުން ގެނެސްދޭނަމެވެ. މިނޫހަކީ މައިގަނޑުގޮތެއްގައި ހުރިހާ އުމުރެއްގެމީހުންނަށް ފެތޭ ނޫހަކަށް ހަދާނަމެވެ. މިކަން ކުރުމަށްޓަކައި ކިޔުންތެރިންގެއެއްބާރުލުން ބޭނުންވެއެވެ.

 މިނޫސް މަސައްކަތްކުރާނީ ހަމަހަމަ ކަމުގެ އުސޫލުންނެވެ. ވަކިކޮޅަކަށްބުރަނުވެއެވެ. އެއިރެއްގައި އެންމެ ބޮޑަށް ހިނގާ ކަމަކަށް އިސްކަން ދީގެންނެވެ.

އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސްއަޅުގަނޑުމެންނަށް އެއްބާރު ލެއްވުން ދެއްވާނެ ކަމަށް އުންމީދު ކުރަމެވެ.

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް