ރަޝިއާގެ ރޭލު ސްޓޭޝަނަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފި

ދެކުނު ރަޝިއާގެ ވޮލްގޮގްރާޑް ސިޓީގެ ރޭލު ސްޓޭޝަނަކަށް ޖާނުން ފިދާވުމުގެހަމަލާއެއް އަންހެނަކު ދީ އެތަކެއް ބަޔަކު މަރާލާފިއެވެ.

ނޫސް ރިޕޯޓްތަކުން ހާމަކުރާގޮތުގައި މިހަމަލާގައި 15 މީހަކު މަރުވެފައިވާއިރުމަދުވެގެން 34 މީހުން ޒަހަމްވެފައިވެއެވެ.

ރަޝިއާގެ ރީޖަނަލް އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނު ސްވެޓްލާނާސްމޮލިޔާނިނޯވާ މައުލޫމާތުދިން ގޮތުގައި މިހަމަލާދީފައިވަނި މިއަދު މެންދުރު 12:45ވީއިރު ވޮލްގޮގްރާޑް ސިޓީގެ މައި ރޭލު ސްޓޭޝަނަށެވެ.

ރަޝިއާގެ ޖާސޫސީ އިދާރާގެ ތަރުޖަމާނު ވްލަޑިމީރު މާކިން ހާމަކުރި ގޮތުގައި މިހަމަލާދިން އަންހެން މީހާ ޖާނުން ފިދާވެ ގޮއްވާލާފައިވަނީ މެޓަލްޑިޓެކްޓަރއެއްގެ ކުރިމަތީގައެވެ.

"މެޓަލް ޑިޓެކްޓަރގެ ކައިރީގައި ފުލުހަކު ހުރީމައި އެއަންހެން މީހާވަރަށްބޮޑަށް ނުތަނަވަސްވިކަމަށްވަނީ. އަދި އެހެންވެ ބޮން ގޮއްވާލީ،" މާކިން ކިޔައިދިނެވެ.

އޭނާ އިތުރަށް ހާމަކުރިގޮތުގައި ގޮއްވާލާފައިވާ ބޮމުގައި 10 ކިލޯގްރާމްޓީއެންޓީ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :