އިތުރު ބޭންކެއް ރާއްޖޭގައި ހިންގުމުގެ ހުއްދަ ދީފި

image

ރާއްޖޭގައި ކޮމާރޝަން ބޭންކެއް ހިންގުމުގެ ހުއްދަ އަމިއްލަ ކުންފުންޏަކަށް ދެއްވައިފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން މި ހުއްދަ ދެއްވީ "ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަށެވެ.

މި ބޭންކް ހިންގާނީ ދެކުންފުންޏެއް ގުޅިގެންނެވެ. އެއީ ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ކޮމާޝަލް ބޭންކުއޮފް ސިލޯނެވެ. އޭގެ ތެރެއިން ޓްރީޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ހިއްސާކުރާނީ ސާޅީސް ފަސް ޕަރސެންޓެވެ. ސްރީލަންކާގެ ބޭންކެއް ކަމަށްވާ ކޮމާޝަލް ބޭންކު އޮފް ސިލޯނުން ހިއްސާކުރަނީ އިން ފަންސާސް ފަސް ޕަރސެންޓެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މި ބޭންކުގެ ޚިދުމަތް މިއަހަރުގެ ސެޕްޓެމްބަރ 15 ގެ ކުރިން ފަށަންޖެހޭ ކަމަށެވެ. އަދި އެ ބޭންކް ހިންގުމުގެ ލައިސަންސް ދިނީ ކޮމާޝަލް ބެންކަކުން ދޭ ހުރިހާ ޚިދުމަތެއް ދޭންޖެހޭ ގޮތަށް ކަމަށްވެސް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.

މި ބޭންކު ހުޅުވި ޚިދުމަތްދޭން ފެށުމުން އެކަން ވެގެންދާނީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށާއި އެ ދާއިރާގެ ވާދަވެރިކަން އިތުރިކުރުމަށް ލިބޭ ކުރި އެރުމަކަށް ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...