އޭޓީއެމްއާއި އިންޓަނެޓް މެދުވެރިކޮށް ރީޗާޖު ކުރުމުގެ ޚިދުމަތް ހުއްޓާލައިފި

image

އޭޓީއެމްއާއި އިންޓަނެޓް ބޭންކިންއާއި ބީއެމްއެލް އެޕްލިކޭޝަން މެދުވެރިކޮށް ރީޗާޖު ކުރުމުގެ ޚިދުމަތް ބޭންކްއޮފް މޯލްޑިވްސްއިން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.

ބީއެމްއެލް އިން ބުނެފައިވަނީ ޕްރޮމޯޝަންތަކުގެ ނަމުގައި ބައެއް ފަރާތްތަކުން ފޯނުކޮށްގެން އެގޮތަށް ރީޗާޖު ވައުޗާ ފޮނުވަމުންދާ ކަމަށެވެ. އެކަން ހުއްޓުވުމަށްޓަކައި ފައިސާ ރީޗާޖު ކުރެވޭ އަދަދު ލިމިޓު ކުރުމަށް އެދި ހޯމް މިނިސްޓްރީން މުވާސަލާތީ ކުންފުނިތަކަށް ސިޓީއެއް ފޮނުއްވައިފައެވެ. އޭގެ ކޮޕީއެއް ބީއެމްއެލްއަށް ވެސް މިނިސްޓްރީން ވަނީ ފޮނުވައިފައެވެ. ބީއެމްއިން އެ ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓައިލީ އެ މައްސަލަ ހައްލުކުރުމުގެ ބޭނުމުގައެވެ.

"މިކަން ހުއްޓުވުމަށް ބޭންކުން އަޅަން ޖެހޭ ފިޔަވަޅަކީ މި އިންޓަރނެޓް ބޭންކިން އަދި ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލުންކަމަށް ބޭންކަށް ފެންނާތީވެ، މިވަގުތުން ފެށިގެން އޭޓީއެމް ބީއެމްއެލް އެޕް މެދުވެރިކޮށް މޮބައިލްފޯން ރިޗާޖް ވައުޗާސް ލިބެން ނުހުންނާނެ ވާހަކަ ކަސްޓަމަރުންގެ މައޫލާމަތަށްޓަކައި ދަންނަވަމެވެ،" ބީއެމްއެލްއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

މި ޚިދުމަތް އަލުން ފަށާނެ ދުވަހެއް ބީއެމްއެލްއަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އަލުން ފަށާނެ ވާހަކައެއްވެސް ބުނެފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...