ބީއެމްއެލްގެ ސެލްފްސާވިސް އޭޓީއެމްސެންޓަރެއް ހުޅުވައިފި

image

ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 10 ވަނަ ސެލްފްސާވިސް އޭޓީއެމް ސެންޓަރު މިއަދު ހުޅުވައިފިއެވެ. އެތަން ހުޅުވާފައިވަނީ އައިޖީއެމްއެޗުގައެވެ.

އެ ތަން ހުޅުވައި ދެއްވީ އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ސެންޓަރުގައި އެންމެ ޒަމާނީ 3 އޭޓީއެމް މެޝިން ހުރެއެވެ. އެތަނުން ފައިސާ ނެގުމާއި، ޖަމާކުރުމާއި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

އައު ސެލްފް ސާރވިސް ބޭންކިންގ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، "މީގެ އެއް އަހަރު ކުރިން ތަޢާރަފްކުރެވުނު ސެލްފް ސާރވިސް ބޭންކިންގ ޚިދުމަތާއެކު، އާއްމުކޮށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ބޭންކަށް އައުމުގެ ބަދަލުގައި ފަސޭހަކަމާއެކު އެ ޚިދުމަތްތައް ހޯދުމުގެ މަގުވަނީ ފަހިވެފައި،" ކަމަށެވެ.

"މި މުއްދަތުގައި ސެލްފް ސާރވިސް ބޭންކިންގެ ޚިދުމަތް ބޭނުންކޮށްގެން ގާތްގަނޑަކަށް 2 މިލިޔަން ޓްރާންސެކްޝަން ހަދާފައިވާކަމުން ރައްޔިތުންގެ މެދުގައި މި ޚިދުމަތުގެ މަޤުބޫލުކަން އެނގޭ. އަޅުގަނޑަށް ޔަޤީން އައިޖީއެމްއެޗްގައި މި ހުޅުވުނު ސެންޓަރ ބޭނުންކުރާ ފަރާތްތަކަށް ބޭންކުގެ ޚިދުމަތްތައް ބޭނުންކުރުމަށް އިތުރަށް އަވަސްވެ ފަސޭހަވެެގެންދާނެކަން،" ހީލީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...