ފަހުގެ ނޫޓު ތަކާއި ކުރީގެ ނޫޓުތައްވެސް ޖަމާކުރެވޭނެ: ހީލީ

image

އަލަށް ތައާރަފްކުރި ދިވެހި ފައިސާގެ އައު ނޫޓުތަކާއި ކުރިން ބޭނުން ކުރަމުން އައި ބައު ނޫޓުތައްވެސް ބޭންކްއޮފް މޯލްޑިވްސްގެ އޭޓީއެމް ތަކަށް ޖަމާ ކުރެވޭނެ ކަމަށް އެބޭންކުން ބުނެފިއެވެ.

"މިއަދުން ފެށިގެން ބީއެމްއެލްގެ އޭޓީއެމް ސެންޓަރ ތަކުން ފަހުގެ ނޫޓުތަކާއި ކުރީގެ ނޫޓުތައްވެސް ޑިޕޮސިޓް ކުރެވޭނެ. މި ފުރުސަތުގައި ރަންދިހަފަހެއް ނޫޓު ސީރީޒް ލޯންޗް ކުރުމުގެ މުނާސަބަތުގައި އެމްއެމްއޭއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން އަދި އައު ނޫޓުތަކަށް ބަދަލުވުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ދެމުންގެންދާނަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވިއެވެ. އޭނާ މިހެން ވިދާޅުވީ ބީއެމްއެލްގެ 10 ވަނަ ސެލްފްސާވީސް އޭޓީމް ސެންޓަރު އައިޖީއެމްއެޗުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ބީއެމްްއެލްގެ 27 ބުރާންޗާއި، 75 އޭޓީއެމްއާއި، 3100 ޕީއީއޯއެސް މާޗަންޓުންނާއި، 177 ކޭޝް އޭޖެންޓުންނާއި، 10 ސެލްފްސަރވިސް ބޭންކިން ސެންޓަރާއި، 5 ދޯނި ބޭންކިންގ ޔުނިޓް ބީއެމްއެލްގެ ބޭންކިންގ ވިއުގައި ހިމެނެއެވެ.

ހުސްވި އަހަރު އެ ބޭންކުން ވަނީ ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާ ރަށަކުން ފައިސާ ނެގުމުގެ ޚިދުމަތްދޭން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...