މިދިޔައަހަރު އެމްޓީސީއަށް 2.3 ބިލިއަން ރުފިޔާ

މިދިޔަ އަހަރު އެމްޓީސީސީއަށް މާލީފައިދާގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެ ކުންފުންޏަށް 35 އަހަރު ފުރުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ސީއީއޯ އަބްދުއް ރައްޒާގު ހަލީމް ވިދާޅުވީ 2015 ވަނަ އަހަރު ފެށުނުއިރު އެކުންފުނިން 43 މަޝްރޫޢެއްގެ މަސައްކަތް ކުރި އަށް ގެންދިޔަ ކަމަށެވެ. އަދި އަލަށް 40 މަޝްރޫޢެއް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. މިހާރު 69 މަޝްރޫޢެއް ކުރިއަށް ގެންދާ ކަމަށްވެސް ވިދާޅުވިއެވެ. މިހުރިހާ މަޝްރޫޢުތަކުގެ އަގު 2.3 ބިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް އޭނާއާ ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވެއެވެ.

ހަލީމް ވިދާޅުވެފައިވަނީ އެކުންފުނީގެ ތާރީޚުގައިވެސް އެންމެ ގިނަ މަޝްރޫޢުތައް ހިންގައި ފިޔާފާރިކޮށް އެންމެބޮޑު ފައިދާއެއްވެސް ހޯދައިފައިވަނީ މިދިޔަ އަހަރު ކަމަށެވެ. 2.3 ބިލިއަން ރުފިޔާއަކީ ރެކޯޑު މިންވަރެއް ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.މި މަޝްރޫޢުތައް ހިންގަމުންދިޔައިރު ވަރަށް ބޮޑެތި ގޮމްޖެހުންތައް ދިމާވެ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނިންމަން ވަރަށް ދަތިވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޮޑުހިލަ ލިބުމަށް ވަރަށް ބޮޑަށް ދަތުވިއެވެ. އެކަން ހައްލު ކުރުމަށް އެކުންފުނިން ވަނީ ޓަގުބޯޓަކާއި، ބާޖެއް ގަތުމަށް މިދިޔަ އަހަރު އިންވެސްޓް ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިއަހަރުވެސް އެކުންފުނިން ބޮޑެތި މަޝްރޫއުތަކެއް ހިންގާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އެކުންފުންޏަށް ކުރިން ގެއްލުން ވިޔަސް 2012 ވަނަ އަހަރުން އަންނަނީ ފައިދާ ވަމުން ކަމަށެވެ. ކުރިން ގެއްލުންވީ ސަރުކާރުގެ އަޅައިލުން ކުޑަކަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުން ވަރަށް ބޮޑަށް ކުންފުނިތަކަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...