ޕެޓްރޯލާއި ޑީސެލް އަގުހެޔޮ ކޮށްފި

image އެސްޓީއޯއިން ތެޔޮ ރައްކާކުރާ ކ. ފުނަދޫ

ރާއްޖޭގައި ވިއްކަމުންދާ ޕެޓްރޯލުގެ އަގު ޒަމާންތަކަށް ފަހު މިއަދު ހެޔޮކޮށްފިއެވެ.

މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 9.80 ރުފިޔާއަށެވެ. އަދި ޑީސެލް ލީޓަރެއް ވިއްކާނީ 10 ރުފިޔާއަށެވެ.

ޕެޓްރޯލްގެ އަގު ހެޔޮ މިކުރީ 7 އަހަރަށްފަހުގައެވެ. މިއަދާ ހަމައަށް އެސްޓީއޯއިން ޕެޓްރޯލް ލިޓަރެއް ވިއްކަމުން އައީ 11 ރުފިޔާއަށެވެ. ޑީސެލެ ލީޓަރެއް ވިއްކަމުން އައީވެސް 11 ރުފިޔާއަށެވެ. ނަމަވެސް މިއަދުން ފެށިގެންވަނީ ޑީސެލް ލީޓަރަކުން 1 ރުފިޔާ ހެޔޮކޮށްފައެވެ. ޕެޓްރޯލް ލީޓަރަކުން ހެޔޮކޮށްފައިވަނީ 1.20 ރުފިޔާއެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އެންމެ ބޮޑުވެފައިވަނީ 2007 ވަނައަހަރާއި 2008 ވަނަ އަހަރުއެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އައި ބަދަލެކެވެ. އެފަހުން މި ވަރަށް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައި ނުވެއެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގުހެޔޮކުރީ ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު ހެޔޮވުމުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ސާފުނުކުރާ ތެޔޮފީފާއެއް ދުނިޔޭގެ ބާޒާރުގައި ހުރީ 37 ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް
...