އެގާރަ ޖަހަންދެން ފިހާރަތައް ހުޅުވުމުގެ ހުއްދަ ދީފި

image

މިރެއިން ފެށިގެން ޖެނުއަރީމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވައިފައި ބެހެއްޓުމުގެ ވަގުތީ ހުއްދައެއް އިކޮނިމިކް މިނިސްޓްރީން ދެއްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ހަވީރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިފަދަ ހުއްދައެއް ދެއްވީ އަންނަ އަހަރަށް ސްކޫލްތައް ހުޅުވަން ވާއިރަށް އެއްޗެހި ގަތުމަށް ފަސޭހަ ކޮށްދެއްވުމުގެ ބޭނުމުގައެވެ. އެއީ ގިނަ މީހުން މިހާރުވެސް ބާޒާރަށް ނުކުންނަނީ ރޭގަނޑު ކަމަށްވުމުން ފިހާރަތައް ހުޅުވާފައި ބަހައްޓާ ގަޑި އިތުރު ކުރުމަކީ ލިބޭނެ ފަސޭހައެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ފިހާރަތައް ހުޅުވާފައި ބެހެއްޓުމަށް ވަގުތީ ހުއްދައެއް ދެއްވިޔަސް ރެސްޓޯރެންޓް ފަދަ ތަންތަން މިހާރެކޭ އެއްގޮތަށް 12 ޖަހާއިރު ބަންދު ކުރަން ޖެހޭނެއެވެ.

ފިހާރަތައްވެސް އާންމުކޮށް މިހާރު ބަންދު ކުރަނީ ރޭގަނޑު 10 ޖަހާއިރުއެވެ. އެގޮތަށް ޢަމަލު ކުރައްވަން ފެށްޓެވީ މި އަހަރު މާޗުމަހުގެ 25 އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް