ފެލިދޫގައި ހުޅުވާ ގޮފީގެ މޮޑެލް ތަފާތުވާނެ: ބީއެމްއެލް

image ބީއެމްއެލްގެ ހުޅުމާލޭ ބުރާންޗު: ފޮޓޯ ބީއެމްއެލް

ބޭންކުން އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވ. ފެލިދޫގައި އެ ބޭންކުގެ ގޮތްޕެއް ހުޅުވާނެކަން ހާމަކޮށްފިއެވެ.

އަންނަ ޖެނުއަރީމަހު ހުޅުވަން ހަމަޖެހިފައިވާ މި ގޮތްޕަކީ ތަފާތު މޮޑެލަލަށް ތައްޔާރުކުރާ ތަނެއް ކަމަށްވެސް ބީއެމްއެލް އިން ހާމަކޮށްފައިވެއެވެ. މިއީ ކުދި އާބާދީތަކަށް އެކަށީގެންވާ ގޮތަކަށް ތައްޔާރުކޮށްފައިވާ މޮޑެލްއެކެވެ.

އެެހެން ގޮފިތަކުގައި އާންމުކޮށް ހުންނަ ކައުންޓަރުތައް މި ގޮފީގައު ނުހުންނާނެއެވެ. އޭގެ ބަދަލުގައި ހުންނާނީ 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް މިމޮޑެލްގައި ހިމަނާފައިވެއެވެ.

އެކައުންޓް ހުޅުވުމާއި، ލޯނަށް އެދުމާއި ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދުމުގެ ޚިދުމަތް ރަސްމީ ގަޑީގައި ލިބޭނެއެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން "އެކަށީގެންވާ ޢަދަދަކަށް މުވައްޒަފުން މަސައްކަތް ކުރާނެ" ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލްގެ ސީ.އީ.އޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ " އަޅުގަނޑުމެންގެ ސެލްފް ސާވިސް އޭޓީއެމްތަކަށް މާލޭގައި ދަނީ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބެމުން. އެގޮތުން މިހާތަނަށް 1.5 މިލިޔަން ޓްރާންސެކްޝަންތައް މިފަދަ އޭޓީއެމްތައް މެދުވެރިކޮށް ވަނީ ހަދާފައި. އަޅުގަނޑުމެން ފެލިދޫގައި ހުޅުވާ ބްރާންޗްގައި ބޭނުންކުރާނީ 24 ގަޑިއިރު ޚިދުމަތް ލިބޭ މީގެ އޭޓީއެމްތައް. އަދި އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުން ރަސްމީ ގަޑީގައި އަމިއްލަ ފަރުދުންނަށް އަދި ވިޔަފާރިތަކަށް ޚިދުމަތް ދިނުމުގައި މަސައްކަތްކުރާނެ،" ކަމަށެވެ.

ހީލީ ވިދާޅުވީ ފެލީދު ގޮތްޕަށް ލިބޭ ތަރުހީބަަށް ބެލުމަށްފަހު މި މޮޑެލްގެ އިތުރު 6 ގޮތްޕެއް އަންނަ އަހަރު ހުޅުވުމަށް ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުންނާއިމުޖުތަމަޢުއަށް އެކި ގޮތްގޮތުން އެހީތެރިވުމަށް ބީއެމްއެލްއިން ވަނީ ފާއިތުވި އަހަރު 150 މިލިޔަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓް ކޮށްފައެވެ. ބީއެމްލްގެ 27 ބްރާންޗާއި، 70 އޭޓީއެމްއާއި 3200 ޕީއޯއެސް މާޗަންޓުންނާއި، 170 ކޭޝް އެޖެންޓުންނާއި 9 ސެލްފް ސާވިސް ބޭންކިންގ މަރުކަޒުތަކާއި 5 ދޯނި ބޭންކިންގ ޔުނިޓު ވަނީ ގާއިމްކޮށްފައެވެ. "ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކްތަކަކުން ކޮށްފައިވާ އިންވެސްޓްމަންޓް ތަކާއި ޚިދުމަތްތައް އެއްކޮށްލުމުންވެސް ބީއެމްއެލްގެ އިންވެސްޓްމަންޓާއި ޚިދުމަތްތައް ރާއްޖޭގައި އިތުރުވެ ފުޅާވެފައިވެއެވެ."

ބީއެމްއެލްއިން ފެލިދޫގައި މި ހުޅުވަނީ އެ ބޭންކުގެ 28 ވަނަ ގޮތްޕެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް