އެސްޓީއޯއިން ވިއްކާތެލުގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާތެލުގެ އަގު ހެޔޮކޮށްފި މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ތެލުގެ އަގުހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން ކަމަށެވެ.

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް އަދި ޑީސަލް ލީޓަރަކުން ވަނީ 1.75 ރުފިޔާ އަގުހެޔޮކޮށްފައެވެ.

ކުރިން 14.08 ރުފިޔާއަށް ލީޓަރެއް ވިއްކަމުން ދިޔަ ޑީސަލް މިހާރު ވިއްކަމުން ދާނީ 12.33 ރުފިޔާއަށެވެ. ކުރިން 14.12 ރުފިޔާއަށް ލީޓަރެއް ވިއްކަމުން ދިޔަ ޕެޓްރޯލް މިހާރު ވިއްކަމުން ދާނީ ލީޓަރެއް 12.37 ރުފިޔާއަށެވެ.

އަގަށް ގެނައި މިބަދަލަކީ ފާއިތު ވެދިޔަ ތިން މަހެއްހާއި ދުވަހުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގަށް ގެނައި ތިން ވަނަ ބަދަލެވެ.

މިގޮތުން، ޕެޓްރޯލް އަދި ޑީސަލް ލީޓަރަކުން 1.25 ރުފިޔާ ވަނީ އޮކްޓޯބަރ މަހު ހެޔޮކޮށްފައެވެ. އަދި ހުސްވި ޑިސެމްބަރމަހު ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާވަނީ ހެޔޮކޮށްފައެވެ. ޑީސަލް ލީޓަރަކުން 0.75 ރުފިޔާވަނީ ހެޔޮކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް