ރާއްޖޭގެ އިމްޕޯޓު އެކްސްޕޯޓުގެ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ-މިނިސްޓަރ ސަޢީދު
ދިވެހިރާއްޖެ ތަރައްޤީވަމުން އަންނަ މިންވަރާއި، 2015 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވިފައިވާ މިންވަރަށް ބަލާއިރު، ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓްކުރާ މުދަލުގެ ނިސްބަތް ވަރަށްބޮޑުތަން އިތުރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ އެހެން ކަމުން ވިޔަފާރިއަށް ފަހި އަދި ފަސޭހަ މާހައުލެއް ޤާއިމްކޮށް ވޯލްޑް ބޭންކްގެ "ޑުއިންގ ބިޒްނަސް އިންޑެކްސް" ގައި ރާއްޖޭގެ ދަރަޖަ ކުރިއަރާނެ ގޮތްތަކަށް މަސައްކަތްތައް ބައްޓަން ކުރަންޖެހޭކަމަށެވެ.
ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ޒުޙޫރު ދެއްކެވި ވާހަކަފުޅުގައި އަދުގެ ސަރުކާރުން މިސްރާބު ހިފާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޚާސިލްކުރުމަށްޓަކައި ކަސްޓަމްސްގެ މަސައްކަތްތައް ވީހާވެސް ފަސޭހަކޮށް އަވަހަށް ޚިދުމަތްދެވޭނެ ގޮތްތައް ކުރިއަށްއޮތް ދުވަސްތަކުގައި ޤާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ސަޢީދު މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި "ނޭޝަނަލް ސިންގަލް ވިންޑޯ ވޯކްޝޮޕް" ގެ ނިމުން ފާހަގަކޮށް، ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވީ އެ ވޯކްޝޮޕްގެ ސަބަބުން ސިންގަލް ވިންޑޯއެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރު ރޭވިފައިވާގޮތަށް ބަލާއިރު 2015 ވަނައަހަރު މިފަދަ ސިސްޓަމެއް ރާއްޖޭގައި ޤާއިމްވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކ ީކަސްޓަމްސާ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުޢައްސަސާތައް ގުޅާލެވިފައިވާ ނިޒާމެއްގެ ތެރެއިން، އިމްޕޯޓް އެކްސްޕޯޓާބެހޭ ލިޔުންތައް ނިންމުމާއި އަދި މުދާ ދޫކުރުމާބެހޭ ކަންކަން ކުރިއަށްގެންދާނެ ގޮތްތައް ދެނެގަނެ، އެކަންކަން ޙާސިލްކުރުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކުރުން ކަމަށް ކަސްޓަމްސްއިންވަނީ ހާމަ ކުރައްވާފައެވެ.
މިވޯކްޝޮޕް ބާއްވާފައިވަނީ ނޮވެމްބަރ 30 އިން ޑިސެމްބަރ 4 އަށެވެ. މި ވޯކްޝޮޕްގައި ޖުމްލަ 30 މީހުންވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު