އައްޑޫ ހިތަދޫގައި އުރީދޫގެ އައު ފިހާރައެއް ހުޅުވައިފި

އުރީދޫ މޯލްޑިވްސްއިން އައްޑޫ ސިޓީ ހިތަދޫގައި އެކުންފުނީގެ އައު ސޭލްސް ޕާޓްނަރ ފިހާރައެއް މިއަދު ހުޅުވައިފިއެވެ.
"އައްޑޫ ލިންކް ސާވް" ގެ ނަމުގައި ހުޅުވި މިފިހާރައިގެ ސަބަބުން ހިތަދޫގައި ދިރިއުޅޭ އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކީ އެކުންފުނީގެ ގިނަގުނަ ޑޭޓާ ޑިވައިސްތައް ކަމަށްވާ ޑޮންގަލް، މައިފައި، ރައުޓަރ އަދި އެކްޓިވޭޝަން، ރީޗާޖު އަދި ރާސްޓަސްގެ އިތުރުން ބިލް ދެއްކުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އައްޑޫ ލިންކް ސާވް ފިހާރަ ހުންނާނީ ހިތަދޫ ލިލީ މަގުގައެވެ. އެފިހާރަ ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހެނދުނު 0900 އިން ރޭގަނޑު 2300 އަށް ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ލިންކް ސާވް ރީޓެއިލް ފިހާރަތައް މާލެ، ހުޅުމާލެ، ކުޅުދުއްފުށި އަދި އައްޑޫގައި ހުރެއެވެ. މިއަދުން ފެށިގެން އުރީދޫގެ ޚިދުމަތްތަކާއި ޑިވައިސްތައް މިހުރިހާ ފިހާރަަތަކުން ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު