ސެމްސަންގ ގެލެކްސީ އަލްފާ ފޯނުގެ ޕްރީއޯޑަރު އުރީދޫން ނަގަން ފަށައިފި

image ސެމްސަންގް އަލްފާ ފޯނު އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހުމަދު ދީދީ ދައްކާލަނީ.-ފޮޓޯ: އުރީދޫ

ސެމްސަންގ ގެލެކްސީ އަލްފާ ފޯނު ގަންނަން ބޭނުންވާ މީހުންގެ ޕްރީއޯޑަރު މިއަދުން ފެށިގެން އުރީދޫން ނަގަން ފަށައިފިއެވެ.

ސެމްސަންގް ކުންފުނިން ގެލެކްސީ އަލްފާ ފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެވެ. ސެމްސަންގް ގެލެކްސީ އަލްފާ ފޯނު ގަންނަން ބޭނުންވާ ފަރާތްތަކުގެ ޕްރީއޯޑަރު ނަގަން އުރީދޫން ފަށައިފި އެވެ. އެ ކުންފުނީގެ 929 ނަމްބަރަށް ގުޅައިގެންނާއި ފޭސްބުކް މެދުވެރިކޮށް ވެސް ޕްރީއޯޑަރު ދެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނެފައިވަނީ ސެމްސަންގް އަލްފާ ފޯނު މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ފިހާރަތަކުން ލިބޭނެ ކަމަށެވެ. އެކުފުނިން ބުނެފައިިވަނީ އެ ފޯނު ގަންނަ މީހުންނަށް ފޯޖީ ސިމަކާ އެކު ހަ ޖީބީގެ ހިލޭ ޑޭޓާ އެލަވަންސް ލިބޭނެ ކަމަށެވެ. އަދި ޚާއްސަ އޮފަރއެއްގެ ދަށުން ސެމްސަންގް ސްމާޓް އަތުކުރީ ގަޑިއެއް ވެސް ލިބޭނެ ކަމަށެވެ. މިގަޑީގެ އަގަކީ 4600 ރުފިޔާ ކަމަށްވެސް އުރީދޫގެ ބަޔާނުގައި ބުނެފައިވެއެވެ. މި އޮފަރއަކީ ލިމިޓެޑް އޮފަރއެއް ކަމަށްވެސް އެކުންފުނިންވަނީ ބުނެފައެވެ.

އުރީދޫން ބުނެފައިވަނީ ސެމްސަންގް ގެލެކްސީ އަލްފާ ފޯނު ވިއްކުމަށް ހަމަޖެހިފައިވަނީ ޖީއެސްޓީއާ އެކު 12،826 ރުފިޔާއަށް ކަމަށެވެ.

އުރީދޫ އަކީ ރާއްޖޭގައި ސެމްސަންގް ފޯނުގެ ޚާއްސަ ނެޓްވޯކެވެ. އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައިވަނީ މިފަދަ ޚިދުމަތެއް ދެވޭތީ އުފާކުރާ ކަމަށެވެ. އަދި ރާއްޖެ ހިމެނިގެންދަނީ އެންމެފުރަތަމަ މިފޯން ތަޢާރަފް ކުރެވޭ ގައުމުތަކުގެ ތެރޭގައި ކަމަށެވެ. އުރީދޫން އަބަދުވެސް މަސައްކަތް ކުރާނީ ސެމްސަންފަދަ ވަރުގަދަ ބްރޭންޑުތަކުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަސްޓަމަރުންނަށް ފޯރުކޮށް ދެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް