މިނީޑޭޓާ ޕެކޭޖުތަކެއް އުރީދޫން ތަޢާރަފް ކޮށްފި

image އުރީދޫގެ މޯލްޑިވްސްގެ ސީނިއަރ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަޙުމަދު ދީދީ ޕެކޭޖުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަނީ-ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސްގެ މޮބައިލް އިންޓަނެޓުގެ ޚިދުމަތް ބޭނުން ކުރުމަށް ޚާއްސަކޮށްގެން "މިނީ ޑޭޓާ" 3 ޕެކޭޖެއް މިއަދު ތަޢާރަފް ކޮށްފިއެވެ.

މިޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ އެއްގަޑިއިރު ބޭނުން ކުރެވޭ ޕެކޭޖާއި، އެއްދުވަހު ބޭނުން ކުރެވޭ ޕެކޭޖާއި އެއް ހަފްތާ ބޭނުން ކުރެވޭ ޕެކޭޖު ކަމަށް އުރީދޫންވަނީ ބުނެފައެވެ. އެއް ގަޑިއިރަށް ބޭނުން ކުރެވޭ ޕެކޭޖުގެ އަކީ 10 ރުފިޔާއެވެ. މި ޕެކޭޖަށް ލިބެނީ 30 އެމްބީ އެވެ. އެއް ދުވަހަށް ބޭނުން ކުރެވޭ ޕެކޭޖުގެ އަގަކީ 20 ރުފިޔާއެވެ. އެޕެކޭޖަށް ލިބެނީ 100 އެމްބީއެވެ. ހަފްތާއަކަށް ބޭނުން ކުރެވޭ ޕެކޭޖުގެ އަގަކީ 30 ރުފިޔާއެވެ. އެޕެކޭޖާއެކު ލިބެނީ 150 އެމްބީއެވެ.

މި ޕެކޭޖުތައް އެކްޓިވޭޓް ކުރުމަށް ގުޅަން ޖެހޭނީ #929* އަށެވެ.

އުރީދޫގެ މޯލްޑިވްސްގެ ސީނިއަރ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަޙުމަދު ދީދީ ވިދާޅުވީ މިޕެކޭޖުތައް ތަޢާރަފް ކުރީ އިންޓަރނެޓް ބޭނުން ކުރާ މީހުންނަށް ލުއިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ގިނައިން މިހާރު ބޭނުންކުރަނީ ޑޭޓާ. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރަން އުރީދޫގެ ކަސްޓަމަރުންނަށް ރަނގަޅު ޑޭޓާއެއް ފޯރުކޮށްދެވޭތޯ،" މަރީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތަޢާރަފްކުރި މިނީ ޑޭޓާ ޕެކްސްތަކުގެ ސަބަބުން ޓެކްނޮލޮޖީއަށް އަހުލުވެރި ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ. މިޕެކްސްތައް ތަޢާރަފް ކުރެއްވުމާއެކު އުރީދޫގެ ޑޭޓާ ޕްރޮޑްކްޓްސް އިތުރުވެގެން މިދިޔައީ. ބޭނުންވަނީ ކުޑަ ޑޭޓާ ކޮޅެއްވިޔަސް ނޫނީ ޖަންބޯ ޑޭޓާވިޔަސް އުރީދޫން މިހާރު ހުރިހާ ކަސްޓަމަރުންނަށް އެކަށޭނަ ޑޭޓާޕެކޭޖުތައް ލިބެން ހުންނާނެ،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް