ބަދިގެ ސާމާނުތަކެއް ކުޑަކުދިންގެ ހިޔާއަށް އެސްޓީއޯއިން ހަދިޔާކޮށްފި

image

މިއަދު ހަވީރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ސުޕަރ މާޓްގައި ބޭއްވި އިވެންޓްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި، ސުޕަމާޓްގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ފިލިޕްސް ބުރޭންޑްގެ ބަދިގެ ސާމާނު ހަދިޔާ ކޮށްފިއެވެ.

ކުޑަކުދިންގެ ހިޔާއަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ސުޕަރމާޓްގެ ފަރާތުން ފިލިޕްސް ބަދިގެ ސާމާނު ހަވާލުކޮށްދެއްވީ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދެވެ. އަދި ކުޑަކުދިންގެ ހިޔާގެ ފަރާތުން މި ސާމާނާ ހަވާލުވީ އެތަނުގެ ޗީފް އެގެޒެކްޓިވް އޮފިސަރ ޒީނަޝް އަދުނާންއެވެ. އެސްޓީއޯ އިން ހާމަ ކުރި ގޮތުގައި ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކުރި ބަދިގެ ސާމާނުތަކަކީ އެތަނުގެ ކުޑަކުދިންނަށް ބޭނުންކުރެވޭނެ ސާމާނު ކަމަށެވެ.

އަދި އެއަރ ޕިޔުރިފައިގެ ޕްރޮމޯޝަނެއް ވެސް މިއަދު ވަނީ އެސްޓީއޯގެ ފަރާތުން ކުރިޔަށް ފަށައިފައެވެ. މިޕްރޮމޯޝަން ނިމޭނީ އޮކްޓޯބަރ މަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މިޕްރޮމޯޝަނުގައި 15 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް