އައިލަވް ފިލިޕްސް ކެންޕެއިން އެސްޓީއޯއިން ފަށައިފި

image މިއަދުގެ އިވެންޓާބެހޭ ގޮތުން މައުލޫމާތު ދެނީ-ފޮޓޯ: މިއަދު

މިއަދު ހަވީރު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ސުޕަރ މާޓް އިން ވަނީ ޕިލިޕްސް ޕްރޮޑަކްޓްގެ ޕްރޮމޯޝަން ތަކެއް ފަށާފައެވެ.

"އައި ލަވް ފިލިޕްސް" ނަމުގައި އެސްޓީއޯއިން ކެމްޕެއިނެއް މިއަދު ފަށައިފިއެވެ. މި ކެމްޕެއިން ކުރިއަށްދާނީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓާއި، ސުޕަރ މާޓްގައެވެ. މިއަދުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ ކެންޕޭނުގައި ފިލިޕްސްގެ ޕްރޮޑަކްޓްތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

އެސްޓީއޯ ހޯމްއިންޕުރޫވް ސުޕަރ މާޓްގެ ފަރާތުން އެއަރ ފްރަޔާ ސެލްފީ ކޮންޓެސްޓެއް ވެސް މިއަދު ފެށިއެވެ. ބައްލަވައި ގަންނަވާ ކޮންމެ އެއަރ ފްރަޔާ އަކަށް ހިލޭ ބުލެންޑަރ އަކާއި ޓޯސްޓަރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ހާމަކުރައްވާފައިވެއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ސުޕަމާޓް އިން ހާމަ ކުރާ ގޮތުގައި އެއަރ ފްރަޔާ ސެލްފީ ކޮންޓެސްޓްގައި ބައިވެރި ވެވޭނީ އެއަރ ފްރަޔަރ އެކީގައި ސެލްފީ އެއް ނަގާފައި އެސްޓީއޯ ގެ ފޭސްބުކް ޕޭޖްއަށް އަޕްލޯޑް ކުރުމުންނެވެ.

އަދި ކޮންމެ ހަފްތާއަކު ނަސީބު ވެރިން ހޮވާނެކަމަށް އެފިހާރައިން ހާމަ ކުރެއެެވެ. ނަސީބުވެރިޔާ ނަގާނީ ފޭސްބުކް ޕޭޖަށްލާ ފޮޓޯތަކުން ލަކީޑްރޯއެއްގައި ބައިވެރި ކޮށްގެން ކަމަށް އެސްޓީއޯ އިން ހާމަ ކުރެއެވެ. އަދި ކޮންމެ ނަސީބު ވެރިއަކަށް ވެސް ފިލިޕްސްގެ ވަރަށް އަގުހުރި އިނާމެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދިނެވެ.

މިއިވެންޓްގައި ވަނީ ކުޑަކުދިންގެ ހިޔާއަށް ފިލިޕްސް ބްރޭންޑްގެ ބަދިގެ ސާމާނުތަކެއްވެސް ހަދިޔާ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް