އެމްވީޕީއެން ޚިދުމަތް އެޗުއާރުސީއަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

image އެޗުއާރުސީގެ ސީއީއޯ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ (ކ) އެއްބަސްވުން ބަދަލު ކުރައްވަނީ-ފޮޓޯ އުރީދޫ މޯލްޑިވްސް

އުރީދޫން މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ޚިދުމަތް މެދުވެރިކޮށް ހޮޓެލްސް އެންޑް ރިސޯޓު ކޮންސްޓްރަކްޝަން (އެޗުއާރުސީ) ގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ ނިޒާމު ގާއިމް ކޮށްދީފިއެވެ.

އެޗުއާރުސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ މުޙައްމަދު ޢަލީ ޖަނާހެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހާއެވެ."އަޅުގަނޑުމެން އެޗުއާރުސީއަށް އުރީދޫ ނެޓުވޯކަށް މަރުޙަބާ ކިޔަން. އަދި އަޅުގަނޑުމެން ގަބޫލު ކުރަނީ އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް(އެމްވީޕީއެން) ޚިދުމަތް މެދުވެރިކޮށް އެކުންފުނީގެ ކޯޕަރޭޓް މުއާމަލާތްތައް އިތުރަށް ފަސޭހަވެ އިތުރު ފައިދާތަކަކާއެކީ ކުޑަ ޚަރަދެއްގައި ފަސޭހަކަމާއެކީ ކޮންޓްރޯލް ކުރެވޭނެ ކަމަށް،" ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

އުރީދޫން މީގެ ކުރިންވެސް ވަނީ މިޚިދުމަތް އެހެން ތަންތަނަށްވެސް ދީފައެވެ. އޭގެ ތެރޭގައި ފާހަގަ ކޮށްލެވެނީ އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓުތައް ވެސް ހިމެނެއެވެ. އުރީދޫން ވަރަށް ފަހުންވަނީ ޕީޖީ އޮފީހަށް މިޚިދުމަތް ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

އުރީދޫ އަކީ ހަމައެކަނި މޯބައިލް ފޯނުގެ ޚިދުމަތް ރާއްޖޭގައިދޭ ކުންޏެވެ. އެކުންފުނިން ގެންދަނީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 3 ޖީ ޕްލަސްގެ ޚިދުމަތް މުޅިރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement