ހިލޭ ފޯންކުރެވޭ ނިޒާމު ޕީޖީ އޮފީހުގައި އުރީދޫން ގާއިމް ކުރަނީ

image އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ހިދުމަތް ޕީޖީ އޮފީހަށް ތައާރަފް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ- ފޮޓޯ: އުރީދޫ

އުރީދޫން މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ޚިދުމަތް މެދުވެރިކޮށް މުވައްޒަފުންގެ މެދުގައި ހިލޭ ކޯލާއި އެސްއެމްއެސް ކުރެވޭ ނިޒާމު ގާއިމުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން އުރީދޫ މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޕީޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ޒަކަރިއްޔާ ހުސެއިނެވެ. އުރީދޫ މޯލްޑިވްސް އިން ސީއީއޯ ވިކްރަމް ސިންހާއެވެ.

"މިޚިދުމަތް މެދުވެރިކޮށް ހަތަރު އަދަދުގެ ނަންބަރެއް ބޭނުންކޮށްގެން ގްރޫޕް ތެރޭގައި ގުޅާލެވުމަކީ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއް. އަދި ކޯޕަރޭޓް ބޭނުންތަކަށް މި ޕެކޭޖް އެންމެ ހާއްސަވާ އަނެއް ސަބަބަކީ އޮފީސްތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންގެ ފޯނު ހަރަދު ފަސޭހަކަމާ އެކީ ކޮންޓްރޯލް ކުރެވޭތީ،" ވިކްރަމް ސިންހަ ވިދާޅުވިއެވެ.

އުރީދޫން މީގެ ކުރިންވެސް ވަނީ މިޚިދުމަތް އެހެން ތަންތަނަށްވެސް ދީފައެވެ. އޭގެ ތެރޭގައި ފާހަގަ ކޮށްލެވެނީ އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. އަދު ގިނަ އަދަދެއްގެ ރިސޯޓުތައް ވެސް ހިމެނެއެވެ.

އުރީދޫން ގެންދަނީ އެކުންފުނީގެ ޚިދުމަތް ރަނގަޅުކޮށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިމަހުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް 3 ޖީ ޕްލަސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement