އުރީދޫން 30 ރަށަކަށް 3 ޖީ ޕްލަސް ތަޢާރަފް ކޮށްފި

image ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ހިލޭ ފޯންކޯލް ކުރުމާއި އެސްއެމްއެސް ކުރުމުގެ ޚިދުމަތް އުރީދޫން ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި- ފޮޓޯ އުރީދޫ

މިއަހަރު ޖުލައިމަހުން ފެށިގެން އުރީދޫއިން ކުރިޔަށް ގެންދާ "ނެޓްވޯކް މޮޑަނައިޒޭޝަން ޕްރޮޖެކްޓް" ގެ ދަށުން 30 ރަށަކަށް ތްރީޖީ ޕްލަސް ނެޓްވޯކް ޚިދުމަތް މިއަދު ތައާރަފް ކޮށްފިއެވެ. މިޚިދުމަތް މިރަށްރަށަށް ތަޢާރަފް ކޮށްފައިވަނީ ކ. ދިއްފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައެވެ.

އުރީދޫ މޯލްޑިވްސްގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަޙުމަދު ދީދީ ވިދާޅުވީ ނެޓްވޯކް މޮޑަނައިޒޭޝަން ޕްރޮޖެކްގެ ދަށުން ޖުމްލަ 64 ރަށަކަށް މިޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދު ޚިދުމަތް ތަޢާރަފް ކުރި 30 ރަށުގެ އިތުރަށް ބާކީ އޮތް 34 ރަށަށް މިމަހުގެ ނިޔަލަށް ޚިދުމަތް ތަޢާރަފް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މި ފަސްދޮޅަސް ހަތަރު ރަށަށް ތްރީޖީ ޕްލަސް ނެޓްވޯކް ޚިދުމަތް ދިނުމުން ރާއްޖޭގެ އާބާދީގެ ނުވަދިހަ ޕަސެންޓް މީހުންނަށް ޚިދުމަތް ދެވުނީ،" މަރިޔަމް ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވެފައިވަނީ "އަޅުގަނޑުމެން ވެފައިވާ ވައުދުގެ ދަށުން މިދަނީ އެންމެ ފުރިހަމަ ނެޓްވޯކް ގިނަ ރަށްތަކަށް ފުޅާކޮށް، މިއަދު ދިއްފުއްޓަށާއި 30 ރަށަށް 3G+ ނެޓްވޯކް ތައާރަފްކޮށްފައި، އަދި މިހާރު އަޅުގަނޑުމެންގެ އިތުރު ވަމުންދާ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ނެޓްވޯކްގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްލެވޭނެ." ކަމަށެވެ.

އަލަށް މިޚިދުމަތް ދޭން ފެށި ރަށްރަށުގެ ތެރޭގައި ރާއްޖޭގެ އުތުރާއި، މެދު ރާއްޖެތެރެއާއި، ދެކުނުގެ ރަށްރަށް ހިމެނެއެވެ. މަރިޔަމް އަޙުމަދު ދީދީ ވިދާޅުވީ މި ރަށްރަށުން އެންމެ ފުރިހަމަ ޑޭޓާ ސްޕީޑާއެކު މި ޚިދުމަތް ސްމާޓް ފޯނުތަކުގައި ލިބޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement