މަހުގެ އުފެއްދުންތައް ރަޝިޔާއަށް އެކްސްޕޯޓުކުރުމަށް އަމިއްލަ ގޮތުންވެސް އެހީވެދޭނަން-އެމްބެސެޑަރ

image

ދިވެހި މަހާއި މަހުގެ އުފެއްދުންތައް ރަޝިޔާ އަށް އެކްސްޕޯޓް ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރަޝިޔާގެ މައިސަރުކާރާ ގުޅިގެން އަމިއްލަ ގޮތުންވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ލަންކާގައި ހުންނަވާ ރަޝިޔާގެ އެމްބެސެޑަރ އެލެކްޒެންޑަރ އޭ ކަރްޗާވާއި ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުހައްމަދު ޝައިނީ އާއި ސަރުކާރުގެ އިސްބައެއް ބޭފުޅުންނާ ލަންކާގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ދިވެހިރާއްޖެއިން އުފައްދާ މަހުގެ ބާވަތްތައް ރަޝީޔާއަށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކޮށްދިނުމަށް އެމްބެސެޑަރ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލު ވުމުގައި އެމްބެސެޑަރ ވިދާޅުވި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ރަޝިޔާ އަށް ރާއްޖެއިން މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް މަސަތްކަތް ކުރަމުންދާ ވަގުތަކީ ވަަރަށް މުނާސަބު ވަގުތެއް ކަމަށެވެ. "ރަޝިޔާގެ މައި ސަރުކާރާ ގުޅިގެން އަމިއްލަ ފަރުދީ ގޮތުންވެސް ވެދެންވެން އޮތް ހުރިހާ އެހީތެރި ކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީން ކަން" އޭނާ ދެއްވި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. ޔޫރަޕުން ރާއްޖެއަށް ޑިއުޓީ މައާފު ކުރުން ހުއްޓާލުމާ ގުޅިގެން ރާއްޖޭގެ ކުންފުނި ތަކަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވާކަން އެބައްދަލު ވުމުގައި އެމްބެސެޑާގެ އަރިހުގައި ދެންނެވި ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދިވެހި މަހުގެ އުފެއްދުންތައް ރަޝިޔާއަށް އެކްސްޕޯޓު ކުރަން ދިވެހި ރާއްޖޭގެ ކުންފުނިތަކުން ބޭނުންވާ ވާހަކަވެސް އެ ބައްދަލުވުމުގައި ވަނީ ދަންނަވާފައެވެ.

ރަޝިޔާގެ ފެޑެރަލް އެޖެންސީ އޮފް ފިޝަރީޒްގެ ވަފުދެއް ވީހާވެސް އަވަހަށް ދިވެހި ރާއްޖެއަށް އައިސް ރާއްޖޭގެ ކުންފުނިތައް އޮޑިޓްކޮށް ދިނުމަށް މިނިސްޓަރ ޝައިނީ އެދި ވަޑައިގެންނެވި ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement