މާލޭގެ އެންމެ ބޮޑު ރެސްޓޯރަންޓު ލެމަންގްރާސްއިން ހުޅުވައިފި

image

މާލޭގެ އެންމެ ބޮޑު ރެސްޓޯރަންޓު ލެމަން ގްރާސްއިން ހުޅުވައިފިއެވެ.

"ސިޓްރޯން ބައި ލެމަން ގްރާސް" ރެސްޓޯރަންޓު ރޭ ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމްގެ ދެކަނބަލުންނެވެ.

ރެސްޓޯރަންޓު ހުޅުވުމުގެ ރަސްމިޔާތްގައި ވާހަކަދައްކަމުން ލެމަން ގްރާސްގެ ޑައިރެކްޓަރ ޢަބްދުﷲ އާތިފް ވިދާޅުވީ، އެތަނުން އެއް ފަހަރާ 340 މީހުންނަށް ހިދުމަތް ދެވޭނެކަމަށެވެ.  އެ ރެސްޓޯރެންޓަކީ ހަމަ އެކަނި ވިޔަފާރީގެ ފައިދާއަށް ވިސްނައިގެން ކުރެއްވި މަސައްކަތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"މިއީ މާލޭގެ ތޮއްޖެހިފައިވާ ހަލަބޮލި މާހައުލުގައި އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯއްދަވައި ދިނުމުގެ މަގުސަދުގައި ހުޅުވި ރެސްޓޯރަންޓެއް. ތަފާތު ގިނަ ގައުމުތަކާއި ސަރަހައްދުތަކުގެ ކާނާ އެ ރެސްޓޯރެންޓްއިން ލިބެން ހުންނާނެ. އޭގެތެރޭގައި ތައިފުޑް، އިންޑިއަން ފުޑް، ވެސްޓަރން ފުޑް، މެކްސިކަން ފުޑް ވެސް އެ ރެސްޓޯރަންޓުން ލިބެން ހުންނާނެ. ޒަމާނީ ޑްރިންކްސްތައް ވެސް ލިބެންހުންނާނެ،" އާތިފް ވިދާޅުވިއެވެ. 

މިއީ ލެމަން ގްރާސްއިން މާލޭގައި ހުޅުވި ހަ ވަނަ ރެސްޓޯރަންޓެވެ. 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް