ރަން ދިހަފަހެއް" ގެ ނަމުގައި ރުފިޔާގެ އައު ނޫޓުތަކެއް ނެރެނީ"
މިނިވަން 50 ގެ މުނާސަބަތުގައި "ރަން ދިހަފަހެއް" ގެ ނަމުގައި ދިވެހި ފައިސާގެ މުޅިން އައު ނޫޓުތަކެއް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން ހާމަކޮށްފިއެވެ.
މި ނޫޓުތައް ފަރުމާ ކުރުމަށް އެބޭންކުން ކުރި އިޢުލާނުގައި ވަނީ މިނިވަން 50 ގެ މުނާސަބަތުގައި "ހަނދާނީ ނޫޓެއް" ވެސް ނެރެން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަލަށް ނެރެވޭ ނޫޓުތަކުގައި ޒަމާނީ ސަލާމަތީ ސިފަތައް އެކުލެވިގެންވާނެ ކަމަށެވެ.
އެގޮތުން "ރަން ދިހަފަހެއް" ސީޒަން އަދި ހަނދާނީ ނޫޓުގައި ހިމެނުމަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށްވެސް އެމް.އެމް.އޭ އިން މިއަދު ކުރި ޢިއުލާނުގައި ވެއެވެ. އަދި މިކަމަށް ހޮވޭ ކުރެހުންތަކަށް 13،000.00 ރުފިޔާއިން ފެށިގެން 300،000.00 ރުފިޔާގެ ޢަދަދެއް އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެއިޢުލާނުގައި ބުނެފައި ވެއެވެ.
އަދި ކުރެހުން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، މިއަދު އެބޭންކުން ކުރި އިޢުލާނުގައިވާ ފޯމާއި، އިޤްރާރު ފޯމް ފުރިހަމަކޮށް 30 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެމް.އެމް.އެއަށް ހުށަހަޅަންޖެހެއެވެ.
ކިޔުންތެރިންގެ ހިޔާލު