މައި ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

image މައި ކޮލެޖުން ހުކުރު ދުވަހު ބޭއްވި މާކެޓިން އިވެންޓެއްގެ ތެރެއިން: ފައިލް ފޮޓޯ

މައި އިންޓަނޭޝަލް ކޮލެޖުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި ހިނގާ ސެޕްޓެމްބަރު މަހުގެ ދިހަ ވަނަ ދުވަހާ ހަމައަށް ހުޅުވިފައިވާ ކަމަށް އެކޮލެޖުން ބުނެފިއެވެ.

މައި ކޮލެޖް އިން ބުނީ މި ސެޕްޓެމްބަރ މަހުގެ 10 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށައަޅަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ސެޕްޓެމްބަރ 10 ވަނަ ދުވަހާ ހަމައަށް ހުޅުވިފައިވާ ކަމަށްށެވެ. އަދި ހަމަ އެހެންމެ ކޯސްތަކުގެ އޮރިއެންޓޭޝަން މިމަހުގެ 3 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކޮލެޖުން މައުލޫމާތު ދެއެވެ.

މައި ކޮލެޖުން މި އިންޓޭކުގައި ފަށާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް ސްޓަޑީޒް، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ފެކަލްޓީ އޮފް މެނޭޖްމަންޓް ، ފެކަލްޓީ އޮފް ކޮމްޕިއުޓިން އެންޑް ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އިތުރުން އޮފީސް މެނޭޖްމަންޓްގެ ކޯސްތަކެއް ހިމެނެއެވެ.

ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މާލޭގައި ހުންނަ އެމް އައި ކޮލެޖްގެ ދެ ކެމްޕަހުންނާއި މައި ކޮލެޖްގެ ވެބްސައިޓުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށް މައި ކޮލެޖުން ބުނެ އެވެ.

މާލޭގައި ހިންގާ 2 ކެމްޕަސްގެ އިތުރުން އަތޮޅުތެރޭ ގެ 5 ރަށެއްގައި މައި ކޮލެޖްގެ ކެމްޕަސް ޤާއިމް ކުރެވިފައިވާ ކަމަށް ވެސް އެކޮލެޖުން މައުލޫމާތުދެ އެވެ.

މައި ކޮލެޖްއިން ދަނީ މާލެގެ ތަފާތު ހިސާބްތަކުގައި މާރކެޓިންގެ އިވިންޓް އޯގަނައިސް ކުރަމުންނެވެ. އެ ގޮތުން ހުކުރު ދުވަހު ރާޅުގަނޑު ސަރަހައްދުގައި ވެސް ވަނީ މައި ކޮމެޖްގެ މާރކެޓިން އިވެންޓެއް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް