މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރު މަނަފަރަށް ފަށައިފި

މޯލްޑިވިއަންގެ ސީޕްލޭންގެ ފުރަތަމަ އުދުހުންތައް ހއ.އަތޮޅަށް މިއަދު ފަށައިފއެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ ސީޕްލޭންގެ އުދުހުންތައް މިހާރު ކުރިއަށް ގެންދަނީ ރިސޯޓް ކޮންޓެރެކްޓެއްގެ ދަށުން ކަމަށެވެ. އެގޮތުން ފުރަތަމަ އުދުހުންތައް ކުރިއަށް ގެންދަނީ ހަމައެކަނި މާލެ އާއި ހއ.މަނަފަރު ރިސޯޓާ ދެމެދުގައި ކަމަށެވެ.
މިކަމާ ގުޅޭގޮތުން ބައެއް މީޑިޔާތަކާ މައުލޫމާތު ހިއްސާ ކުރައްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، މިހާރު ހަމައެކަނި ފަތުރުވެރިންނަށް އަމާޒު ކޮށްގެން އެ ދަތުރުތައް ކުރިއަށްއޮތް ހަފްތާތެރޭ ދިވެހީންނަށް ސީޕްލޭންގެ ދަތުރުތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

ޓެގްސް
ކިޔުންތެރިންގެ ހިޔާލު