ސުޒުކީ ރޯދަ ޕްރޮމޯޝަނުގެ ނަސީބު ވެރިޔާއާ އިނާމް ހަވާލުކޮށްފި

image ސުޒުކީ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިއާއަށް، އިސްމާޢިލް ފާރިގު އިނާމް ހަވާލުކޮށް ދެއްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިދިޔަ ރޯދަމަހު ބޭއްވި "ސުޒުކީ ރޯދަ ޕްރޮމޯޝަން" ގެ ނަސީބު ވެރިޔާ ހޮވައި އޭނާއާ އިނާމް ހަވާލު ކޮށްފިއެވެ.

"ސުޒުކީ ރޯދަ ޕްރޮމޯޝަން" ގެ ނަސީބު ވެރިިޔާ ހޮވުމަށް މިއަދު ހެނދުނު އެމްޓީސީސީގެ "ކަށަވަރު" މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ނަސީބުވެރިޔާ ހޮވުމަށް ގުރުއަތު ނަގައިފައިވަނީ ކުޑަ ކުއްޖެކެވެ. ނަސީބު ވެރިިއާއަށް ހޮވުނު މީހާއަށް އިނާމް ހަވާލުކޮށް ދެއްވީ އެމްޓީސީސީ ގެ ސޭލްސް އެންޑް މާކެޓިންގެ އެޗްއޯޑީ އިސްމާޢީލް ފާރިޤެވެ.

މިޕްރޮމޯޝަނުގެ ނަސީބު ވެރިއަކަށް ހޮވިފައި ވަނީ ތ. ހިރިލަންދޫ, ހީނާމާގޭ، އާދަމް އަންވަރެވެ. އިނާމެއްގެ ގޮތުގައި އޭނާއަށް ލިބިފައި ވަނީ ސުޒުކީ ފޯސްޓޯ 9.9 ގެ އައުޓްބޯޑު އިންޖީނެކެވެ. އޭނާގެ ފަރާތުން އެ އިނާމާ ހަވާލުވެފައިވަނީ، އިސްމާއިލް އަތީފެވެ.

މި ޕްރޮމޯޝަންގައި ވިއްކާފައިވަނީ 2.5 ހޯސްޕަވަރާއި، 250 ހޯސްޕަވަރާ ދެމެދުގެ އައުޓް ބޯޑު އިންޖީނެވެ. "ސުޒުކީ ރޯދަ ޕްރޮމޯޝަން" ގެ ނަސީބުވެރިއަކަށް ހޮވުނު އާދަމް އަންވަރު ގަނެފައިވަނީ 175 ހޯސްޕަވަރގެ އިންޖީނެކެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު ބޭނުމަކީ ސުޒުކީ އައުޓް ބޯޑް އިންޖީނުގެ އުފެއްދުންތައް އާންމުންގެ ތެރެއަށް ވީހާ ބޮޑަށް ތަޢާރަފްކޮ ފަސޭހައިން އާންމުނާ ހަމައަށް ފޯރުކޮށް ދިނުމެވެ.

މިޕްރޮމޯޝަން ބާއްވާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް