ބީއެމްއެލްގެ މާލޭ ބްރާންޗު ތަކުން ޑޮލަރު ވިއްކަން ފަށައިފި

image

ރާއްޖެއިން ބޭރަށްދާ މީހުންނަށް މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުރިހާ ބްރާންޗަކުން މިއަދުން ފެށިގެން ޑޮލަރު ވިއްކަން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނެފައިފައިވަނީ މާލޭގައި ހުންނަ ބީއެމްއެލްގެ ހަތަރު ބްރާންޗުގެ އިތުރުން ވިލިމާލެ ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ބީއެމްއެލްގެ ބްރާންޗުތަކުން ވެސް ޑޮލަރު ވިއްކާނެ ކަމަށެވެ.

ކޮންމެ މީހަކަށްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 500 ޑޮލަރެވެ. ޑޮލަރު ވިއްކަން ހަމަޖައްސާފައިވަނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށެވެ. ޑޮލަރު ގަންނަން ދާ ފަރާތްތަކުން އައިޑީކާޑު ނުވަތަ ޕާސްޕޯޓްގެ އިތުރުން ރާއްޖެ އިން ބޭރަށް ދިއުމަށް ނަގާފައިވާ ޓިކެޓް ގެންދަން ޖެހޭނެ ކަމަށް ބީއެމްއެލްއިންވަނީ ބުނެފައިއެވެ.

ޑޮލަރު ވިއްކުން އިތުރު ކޮށްފައިވަނީ އެމްއެމްއޭއިން ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށް ދެއްވުމުން ކަމަށް ބީއެމްއެލް އިން ހާމަ ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް