ބީއެމްއެލްގެ ދެވަނަ ކުއާޓަރގެ ފައިދާ 353 މިލިއަން ރުފިޔާއަށް އިތުރުވެއްޖެ

image ބީއެމްއެލްގެ މައިއޮފީސް: ފޯޓޯ- ބީއެމްއެލް

މި އަހަރުގެ ދެވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބުނު ފައިދާ 65 އިންސައްތަ އިތުރުވެ ހިންގުމުގެ ފައިދާގެ 353 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބޭންކުން ހާމަކުރައްވައިފިއެވެ.

ބީއެމްއެލް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ " މި އަހަރުގެ ދެވަނަ ކުއާޓާގައިވެސް ބޭންކް އޮފް މޯލްޑިވްސްއިން މާލީ ގޮތުން ރަނގަޅު ކުރިއެރުންތަކެއް ހޯދައި ހިންގުމުގެ ފައިދާ 353 މިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓާރއާ އަޅައިބަލާއިރު 65 އިންސައްތައިގެ ކުރިއެރުމެކެވެ."

އެބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހާ އަޅައި ބަލާއިރު މިއަހަރުގެ 6 މަސްދުވަހުގެ ހިންގުމުގެ ފައިދާވަނީ 57 މިލިއަން ރުފިޔާ އިތުރުވެފައި ކަމަށެވެ. އެއީ 19 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް ހާމަކުރައްވާފައިވެއެވެ. އާމްދަނީ މިދިޔައަހަރާ އަޅާކިޔާއިރު ބޭންކުގެ ޚަރަދުވަނީ ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައި ކަމަށްވެސް އެބަޔާނުގައިވެއެވެ.

މިނަތީޖާއަށް ބަރޯސާވެ ހުންނަވައިގެން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވެފައިވަނި "ބޭންކުގެ އަމާޒު ހުރީ ރަނގަޅު މިސްރާބެއްގައި. އަޅުގަނޑުމެން މިގެންދަނީ އަޅުގަނޑުމެންގެ ސްޓްރެޓެޖީގައިވާ ތިން ތަނބުކަމަށްވާ މުޅި ރާއްޖެއަށް ބޭންކިންގެ ޚިދުމަތް ފުޅާކުރުމާއި ކަސްޓަމަރ ސާވިސް ރަނގަޅުކުރުމާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރެވޭ ފަދަ ހަރުދަނާ ބިންގަލެއް އެޅުމަށް މަސައްކަތްކުރަމުން،" ކަމަށެވެ.

މިކަންކަން ހާމަކުރުުމަށްފަހު ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހެޔޮބަދަލްތައް ގެނެސްފައެވެ. އެގޮތުން ފީއެއް ނުނަގައި އޭޓީއެމް އިން ޚިދުމަތް ދިނުމާއި، ބީއެމްއެލްގެ އެއްބްރާންޗުން އަނެއް ބްރާންޗަށް ފައިސާ ހިލޭ ފޮނުވުމުގެ ޚިދުމަތްވަނީ ފަށައިފައެވެ. އަދިވެސް އިތުރު ޚިދުމަތްވަނީ ތަޢާރަފް ކުރައްވާފައެވެ. ޖުމްލަކޮށް އެ ބޭންކުން މިހާރުވަނީ މުޅިންއައު ސިސްޓަމަކުން ޚިދުމަތް ދެއްވަން ފަށްޓަވައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް