ޓެކުހަށް އަހުލުވެރި ކުރުމުގެ ހަފްތާއެއް މީރާއިން ފަށައިފި

image

ރާއްޖޭގައި ޢަމަލުކުރަމުންދާ ޓެކުހުގެ ނިޒާމަށް މީހުން އަހުލުވެރި ކުރުމުގެ ގޮތުން 'ޓެކްސް ވީކް' ގެ ނަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޚާއްސަ ހަރަކާތެއް މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މިހަފްތާގައި މީރާގެ 4 ވަނަ އަހަރީ ދުވަސް ފާހަގަކުރުންވެސް ހިމެނޭ ކަމަށް މީރާއިންވަނީ ހާމަކުރައްވާފައެވެ.

މި 'ޓެކްސް ވީކް' ގެ ތެރޭގައި ސްކޫލް ކުދިންނަށް މައުލޫމާތު ދިނުމަށް ޚާއްސަ ސެޝަން ތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް "މީރާ އޯޕަން ޑޭ" އެއް ވެސް ބާވާނެއެވެ. އަދދި ލޭ ހަދިޔާ ކުރުންވެސް އޮންނާނެ ކަމަށް މީރާއިންވަނީ ހާމަކުރައްވާފައެވެ.

"މީރާ އޯޕަން ޑޭ" ގެ މަޤްސަދަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާގެ ފުރުޞަތުތަކާ ބެހޭ މައުލޫމާތު އާންމުންނާއި މީރާގައި ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް ފޯރުވައިދިނން ކަމަަށްވެސް އެ އޮތޯރިޓީންވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރަށްް، 'ޓެކްސް ވީކް' ގެ އެންމެ ފަހު ދުވަހު މީރާގެ 4 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

"ޓެކްސް ވީކް" އަކީ އާންމުން ޓެކުހަށް އަހުލުވެރިކުރުމަށް މީރާއިން ކުރަމުން ދާ މަސައްކަތުގެ ބައެއްކަމަށްވެސް މިރާއިންވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް