އެސްޓީއޯ އިން ދެ ރަށެއްގައި ބޭސްފިހާރަ ހުޅުވައިފި

image

ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދެ ރަށެއްގައި ބޭސް ފިހާރަ ހުޅުވައިފިއެވެ.

އެ ކުންފުނިން ބުނީ އަލަށް ބޭސް ފިހާރަ ހުޅުވާފައިވަނީ ލ މާވަށާއި، ހއ. ކެލާގައި ކަމަށެވެ. މި ދެ ބޭސް ފިހާރައާއި އެކު އެ ކުންފުނީގެ ބޭސް ފިހާރަ ތަކުގެ އަދަދު ވަނީ 13 އަށް އިތުރުވެފައެވެ. 

ކެލައާއި މާވަށުގައި އިއްޔެ ހުޅުވި ބޭސްފިހާރަތަކުން މިހާރު އާސަންދައާއި އެކު ހިދުމަތް ލިބެމުން އަންނާނެކަމަށް އެ ކުންފުނިން ބުނެއެވެ. ސަރުކާރާއި އެސްޓީއޯ ގުޅިގެން ގެންދަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތަށް ރަށްރަށުގެ ކައުންސިލްތަކުންނާއި ރައްޔިތުންދޭ އެއްބާރުލުމަށް ޝުކުރުވެރިވާކަމަށް އެ ކުންފުނިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް