މަސްގަންނަ އަގު ހޮރައިޒަންއިން ބޮޑުކޮށްފި

image

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މަސްވެރިން އަތުން ގަންނަ މަހުގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، މީގެ ކުރިން ފިނިކުރި ކަނޑުމަސް ގަންނަމުން އައީ 18.50 ރުފިޔާއަށް ކަމަށާއި، ނަމަވެސް މިއަދުން ފެށިގެން ފިނިކުރި މަސް ކިލޯއެއް ގަންނާނީ 19 ރުފިޔާއަށް ކަމަށެވެ. އަދި ފިނި ނުކުރާ ކަނޑުމަސް މީގެކުރިން ގަންނަމުން ގެންދިޔައީ ކިލޯއެއް 16.50 އަށް ކަމަށާއި، ނަމަވެސް ފިނި ނުކުރާ މަސް ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 17 ރުފިޔާ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެކުރިން ގަންނަމުން އައި ފިނިކުރި ކަނޑުމަހާއި އަދި ފިނި ނުކުރާ ކަނޑުމަސް ގަންނަ އަގުން މިވަނީ 50 ލާރި ބޮޑު ކޮށްފައި. އެހެންވީމައި މިހާރު ފިނިކޮށްފައި ހުންނަ ރަނގަޅު ކޮލެޓީގެ މަސްކަމުގައި ވާނަމަ 19 ރުފިޔާއަށް އަގު މިވަނީ ބޮޑުކޮށްފައި. އަދި ފިނި ނުކުރާ ކަނޑުމަހުގެ އަގު މިވަނީ 17 އަށް މައްޗަށް ޖެހިލާފަައި" ހޮރައިޒަންއިން މައުލޫމާތު ދިނެވެ. ހޮރައިޒަން ފިޝަރީޒުން ހާމަކުރެއްވި ގޮތުގައި މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement