"ފިލިޕްސް މައި ރެސިޕީ" ގެ ނަމުގައި އެސްޓީއޯއިން މުބާރާތެއް ފަށައިފި

image

ރަމަޟާން މަހަށް ހާއްސަކޮއްގެން އެސްޓީއޯގެ ފިލިޕްސް ބްރޭންޑްގެ ފަރާތުން "ފިލިޕްސް މައި ރެސިޕީ" ގެނަމުގައި މުބާރާތެއް ފަށައިފި ކަމަށް އެކުންފުނިން މިއަދު ހާމަކޮށްފިއެވެ.

އެކުންފުނިން ބުނެފައިވަނީ މިއީ ފޭސްބުކް ބޭނުން ކުރާ މީހުންނަށް ޚާއްސަކޮށްގެން ފެށި މުބާރާތެއް ނުވަތަ "ކޮންޓެސްޓެއް" ކަމަށެވެ.

"މި ކޮންޓެސްޓްގައި ފިލިޕްސް ބްރޭންޑްގެ ކިޗަން އެޕްލައަންސް ބޭނުން ކުރައްވައިގެން ކޮންމެވެސް ކަހަލަ ކާއެއްޗެއް ނުވަތަ ބޯއެއްޗެއް ތައްޔާރު ކުރެއްވުމަށްފަހު ބޭނުންފުޅު ކުރެއްވި ފިލިޕްސް އެޕްލައަންސް އަދި ޑިޝްގެ ފޮޓޯ އެސްޓީއޯގެ ފޭސްބުކް ޕޭޖްއަށް އަޕްލޯޑް ކުރައްވައިގެން ގުރުއަތުން ހޮވޭ ފަރާތަކަށް ފިލިޕްސް އިން ހުށައަޅާ ވަރަށް ޚާއްސަ ގިފްޓް ޕެކޭޖެއް ލިބިގެން ދާނެއެވެ." އެސްޓީއޯއިން މިއަދު ނެރެފައިވާ ބަޔާނެއްގައިވެއެވެ.

ރޯދަމަސް ނިމެންދެން މިމުބާރާތް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. "ކޮންޓެސްޓް ނިމުމުން ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް އިޢުލާން ކުރެވޭނެއެވެ.މިދިޔަ އަހަރުވެސް އެސްޓީއޯއިން ވަނީ އިންސްޓަގްރާމް ބޭނުން ކުރައްވާ ބޭފުޅުންނަށް ހާއްސަކޮށް މިފަދަ ކޮންޓެސްޓް އެއް ބާއްވައި ވަރަށް ހާއްސަ އިނާމް ތަކެއް ދީފައެވެ."

ފިލިޕްސް ކިޗަން އެޕްލައަންސްތަކުރެ ތެރޭގައި އެއްވެސް ވަރަކަށް ތެޔޮނާޅާ ކާއެއްޗިހި ތައްޔާރު ކޮއްލެވޭ ޕިލިޕްސް އެއާރ ފްރަޔާރ، ގޭތެރޭގައިވެސް ބާރބަކިއު ހަދާލަން ފަސޭހަ ފިލިޕްސް ގްރިލާރ، ސިކުންތު ކޮޅެއްގެ ތެރޭގައި އެއްޗިހި ކޮޝާލަން ނުވަތަ ގާނާލަން ފަސޭހަ ފިލިޕްސް ފުޑް ޕްރޮސެސާރ ހިމެނެއެވެ. އަދި ތަފާތު ވައްތަކުގެ ބްލެންޑަރާއި، އެ ނޫންވެސް ބޭނުންކުރަން ފަސޭހަ، އާލާތްތައް ހިމެނެއެވެ.

އެސްޓީއޯއިން ވިއްކާ ފިލިޕްސް ބްރޭންޑްގެ ކިޗަން އެޕްލައަންސްއަށް 2 އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް