ވޯލްޑްކަޕް ފައިނަލްމެޗާ ދިމާކޮށް "ބްރަޒޫކާ ކޮންޓްރޯލް ޗެލެންޖް" ހަރަކާތެއް އެސްޓީއޯއިން މިރޭ ބާއްވާނެ

image އެސްޓީއޯ އިމާރާތް

މިރޭ ކުޅޭ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތާ ގުޅިގެން އުސްފަސްގަނޑުގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް އެސްޓީއޯއިން ނިންމައިފިއެވެ.

އެކުންފުނިން ބުނެފައިވަނީ މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ "ބްރަޒޫކާ ކޮންޓްރޯލް ޗެލެންޖް" ނަމުގައި ހިންގާ ބޯލް ކޮންޓްރޯލް ހަރަކާ ކަމަށެވެ. މިކަމުގައި ބައިވެރިވެ އެންމެ އެންމެ ގިނަފަހަރު ބޯޅަ ކޮންޓްރޯލްކުރާ މީހަކަށް ފިލިޕްސް ބްރޭންޑުން ޚާއްސަ އިނާމެ ކަނޑައަޅައިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. ނަމަވެސް އިނާމަކަށް ހުށަހަޅާފައިވާ އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޖަރުމަނާއި، އާޖެންޓީނާ މިރޭ ކުޅޭ ފައިނަލް މެޗު ބަލަން އުސްފަސްގަނޑަށް އަންނަ މީހުންގެ މެދުގައި "ސްކޯ ޕްރެޑިކްޝަން" މުބާރާތެއް ބޭއްވުމަށްވެސް ވާނީ އެސްޓީއޯއިން ވަނީ ހަމަ ޖައްސާފައެވެ. އަދިވެސް "ސަޕްރައިޒް އެތައް އިވެންޓްތަކެއް" ހިމެނޭ ކަމަށް އެސްޓީއޯއިން ހާމަކުރައްވާފައިވެއެވެ. މީގެ ތެރޭގައި ހިމެނޭ ކޮންމެ ކަމެއްގައިވެސް ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިހަރަކާތްތަކާއެކު ހަބޭސް ބޮޑުބެރު ގްެރޫޕްގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް