އެސްޓީއޯ އިން ގެންނަ ތިން ބާވަތެއް އަންގާރަދުވަހުން ފެށިގެން ހޯލްސޭލް ކުރާނެ

image އެސްޓީއޯގެ އެމްޑީ އާދަމް އާޒިމް

ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓީއޯއިންގެންނަ ފިޔާ، އަލުވި، ބިސް އަންގާރަދު ދުވަހުން ފެށިގެން ހޯލްސޭލް ކުރާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެސްޓީއޯ އިން ބުނެފައިވަނީ މިތިން ބާވަތުގެ އިތުރު ޝިޕްމަންޓެއް އާދީއްތަ ދުވަހުގެ ރޭ މާލެ އަންނާނެ ކަމަށެވެ. ހޯލްސޭލް ކުރަން ފަށާނީ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

އާދީއްތަ ދުވަހުގެރޭ ވަންނަ ޝިޕްމަންޓްގެ މުދާ ވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ކުރީގެ ޝިޕްމަންޓްތަކާ އެއް އަގުތަކެއްގައި ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

އެކުންފުނިން ގެންދަނީ މިހާރުވެސް މިބާވަތްތައް ރީޓެއިލްކޮށް ވިއްކަމުންނެވެ. ފިޔައާއި، އަލިވި ކިލޯއެއް ވިއްކަނީ ދިހަ ރުފިޔާއަށެވެ. ބިހެއް ވިއްކަނީ 1.25 ރުފިޔާއަށެވެ.

މިބާވަތްތައް ހޯލްސޭލްކޮށް ވިއްކަމުންދާނީ އަމީނީމަގުގައި ހުންނަ އެސްޓީއޯ 7 ނަންބަރު ކޮށިންނާއި އެސްޓީއޯ ހެޑްއޮފީހާއި އިންވެގެން ހުންނަ އެސްޓީއޯ ސުޕަރމާޓް ވެއަރހައުސް 2 އިން ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

ފިޔާ އަދި އަލުވި ބަސްތާއެއް ހޯލްސޭލް ކޮށް ވިއްކާނީ 225 ރުފިޔާއަށެވެ. ބިސްކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ.

އެސްޓޯއީން ބުނެފައިވަނީ އެއްވެސް ދަތިކަމެއް ނެތި މިބާވަތްތައް ލިބޭނެގޮތް ހެދުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް