މޯލްޑިވިއަން އިން ވޫހަންއަށް ޗާޓަރ ދަތުރުތަކެއް ފަށައިފި

image މިއަދު މާލެއައި ޗައިނާގެ ގެސްޓުންނަށް މޯލްޑިވިއަންގެ ފަރާތުން މަރުހަބާ ކިޔަނީ

އޭވިއޭޝަންގެ ދާއިރާގައި ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ މޯލްޑިވިއަންއިން ޗައިނާގެ ވޫހަން ސިޓީ އަށް ޗަޓަރ ދަތުރުތަކެއް މިއަދު ފަށައިފިއެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން އޮޕަރޭޓް ކުރާ މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ވިދާޅުވީ، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު މާލެއިން ޗައިނާގެ ވޫހަން އަށް ދަތުރު އޮންނާނެ ކަމަށެވެ. އަދި ވޫހަން ސިޓީން ރާއްޖެ އަށް ދަތުރު އޮންނާނީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ކަމަށެވެ.

ނަޝާތު ވިދާޅުވީ މިދަތުރުތައް ބޮޑަށް އަމާޒު ކުރެވިފައިވަނީ ޗައިނީސް މާކެޓަށް ކަމަށެވެ. އެގޮތުން މިހާރު ޗައިނާއިން ފަސޭހަ ކަމާއެކު ޓިކެޓު ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ރާއްޖޭގެ ފަރާތްތަކަށްވުރެ ބޮޑަށް ދަތުރުތައް އަމާޒު ކުރެވިފައިވަނީ ޗައިނީސް މާކެޓަށް. އެގޮތުން އަޅުގަނޑުމެން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ރާއްޖެއިން ޗައިނާއަށް ދަތުރު އޮންނާނެ. އަދި ކޮންމެ ބުރާސްފަތި ދުވަހެއްގައި ޗައިނާއިން ރާއްޖެއަށް ދަތުރު އޮންނާނެ" ނަޝާތު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރި ކަމުގެ މާކެޓް އެންމެ ބޮޑަށް ހިއްސާ ކުރަމުން އަންނަ އެއްބަޔަކީ ޗައިނާގެ ފަތުރުވެރީންނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement