އަލްމުދިޝް ކިރަށްވުރެ އަގުހެޔޮ ކިރެއް ބާޒާރަށް ނެރޭނަން- އެސްޓީއޯ

image

"ނޫފަހި" ބުރޭންޑުގެ ހިކި ކިރާއި، ގެރިކިރު ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކުރައްފައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވީ މިމަހުގެ މެދުތެރޭގައި މިބާވަތްތައް މާލެ ގެނެވޭނެއެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އެއަށްވުރެ ކުރިން މިބާވަތްތައް ވިއްކަން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރުވެސް އެންމެ އަގުހެޔޮކޮށް ވިއްކަމުން ގެންދަނީ އެސްޓީއޯއިން އެތެރެކޮށްފައިވާ އަލްމުދިޝް ކިރު ކަމަށެވެ. ނަމަވެސް "ނޫފަހި" ބްރޭންޑްގެ ކިރު ގެނެސްގެން މުދިޝް ކިރަށްވުރެ 10 އިންސައްތަ އަގުހެޔޮ ކޮށް ވިއްކޭނެ ކަމަށް ޢާޒިމް ވިދާޅުވިއެވެ.

އެސްޓީއޯއިން ވަނީ ނޫފަހި ބްރޭންޑުގެ ތެލާއި، ކާށިކިރު ގެނެސްގެން ވިއްކަމުންނެވެ. ވަރަށް ގިނަ މީހުންނަށް އެބްރޭންޑް ކަމުދާ ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ. "ސޭލްސް ވަރަށް ރަނގަޅު. އެހެންވީމާ އެބައެނގޭ މީހުންނަށް ކަމުދާކަން،" އެމްޑީ ޢާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނޫފަހި ބްރޭންޑުގެ "ޑިޓާޖެންޓް" ވެސް ކިރާއެކު ގެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކުންފުނިން އުންމީދު ކުރަނީ ނޫފަހި ބްރޭންޑުގެ އުފެއްދުންތައް ހުރިހާ ގެއަކުންވެސް ފެންނަން ހުރުން ކަމަށެވެ.

"ނޫފަހި" ބްރޭންޑަކީ އެސްޓީއޯއިން މި ރޯދަ މަހަށް އަލަށް ތައާރަފްކުރި އެ ކުންފުނީގެ އަމިއްލަ ބްރޭންޑެކެވެ. މި ދެ ބާވަތަކީ ވެސް ބާޒާރުގައި ހުރި ޕްރޮޑަކްޓުތަކަށް ވުރެ އަގު ހެޔޮ ދެ ބްރޭންޑެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް