ރޯދަ މަސް ނިމެންދެން ފިޔާ،އަލުވި، ބިސް ހެޔޮ އަގުގައި ލިބޭނެ: އެސްޓީއޯ

image

ރޯދަމަސް ނިމެންދެން އެއްވެސް ދަތި ކަމެއް ނެތި ފިޔާ އަލުވި ބިސް ހެޔޮއަގުގައި ލިބޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފިއެވެ.

އެސްޓީއޯ އިން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތްކުރަމުން ގެންދަނީ ރޯދަމަސް ނިމެންދެން ހެޔޮ އަގުގައިި ރައްޔިތުންނަށް އެތަކެތިފޯރުކޮށް ދިނިމަށެވެ.

އެސްޓީއޯއިން މިހާރު ބިސް ވިއްކަމުންގެންދަނީ 1.5 ރުފިޔާއަށެވެ. އަލުވި އަދި ފިޔާސާ ކިލޯއެއް ވިއްކަނީ 10ރުފިޔާއަށެވެ. އެ ކުންފުނިން ގެންދަނީ މި ބާވަތްތައް ހޯލްސޭލުކޮށް އަދިރީޓެއިލްކޮށް ވެސް ވިއްކަމުންނެވެ. ހޯލްސޭލްކޮށް މިބާވަތްތައް ވިއްކަމުންދާނީ އަމީނީމަގުގައިހުންނަ އެސްޓީއޯ 7 ނަންބަރު ކޮށިންނާއި އެސްޓީއޯ ހެޑްއޮފީހާއި އިންވެގެން އަލަށްހުޅުވުނު އެސްޓީއޯ ސުޕަރމާޓް ވެއަރހައުސް 2 އިންނެވެ. ހޯލްސޭލް ރޭޓަކީ ފިޔާ އަދިއަލުވި ބަސްތާއެއް 225 ރުފިޔާއަށެވެ. އަދި ބިސް ކޭހެއް -/250ރ އެވެ.

މިއީ އާންމުކޮށް ބާޒާރުގައި މިތަކެތި ލިބެންހުރި އަގުތަކަށްވުރެ ހެޔޮ އަގެއްކަމަށް އެސްޓީއޯ އިންބުނެއެވެ.

އެސްޓީއޯ އިން ބުނީ ފިޔާ އަލުވި ބިސް ޝިޕްމަންޓްރާއްޖެ ގެންނަނީ ހަމައެކަނި ރޯދަ މަހައްކަމުގަ އެވެ. އަހަރުގެ އެހެން ދުވަސްވަރުގައި އެ ކުންފުނިން މިބާވަތް ތަކެއް އެތެރެ އެއް ނުކުރެއެވެ. އެސްޓީއޯގެސްޕާމާޓް އަށް އެބާވަތްތަށް އަހަރުގެ އެހެން ދުވަސް ވަރުގެ ތެރޭގައި ވިއްކަނީބާޒާރު މަތިން ގަނެގެނެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް