ކުރާ ވިޔަފާރީގެ ތިން ގުނަ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

image ބީއެމްއެލްގެ މާކެޓިން ޑިރެކްޓަރ ރިއްފަތު މުހައްމަދު (ވ) އަދި ޕްރޮޑަކްޓް މެނޭޖަރ (ކ) މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ: ފޮޓޯ ދުވަސް

ރޯދަމަހު ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ތިން ފަރާތަކުން ކުރާ ވިޔަފާރީގެ ތިން ގުނައަށްވާ ފައިސާ އެމީހެއްގެ އެކައުންޓަށް ޖަމާކޮށްދޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އިން މިއަދު ފަށައިފިއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ކާޑެއް ބޭނުންކުރައްވައިގެން ވިޔަފާރި ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެކާޑު ބޭނުން ކުރަން ޖެހޭނީ ބީއެމްއެލް ގެ މެޝިނަކުނެވެ. މިހެންކަމުން ރާއްޖޭން ބޭރުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޕްރޮމޯޝަނުގައި ބައިވެރިއެއް ނުވެވެއެވެ. އެމީހަކު ކުރި ވިޔަފާރި ފަންސާސް ހާސް ރުފިޔާއަށްވުރެ އިތުރުވެގެން ނުވާނެކަމަށް ބޭންކުން ބުނެއެވެ. 

މިއަދު އެ ބޭންކުގެ މަޖީދީ މަގު ބްރާންޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ މާކެޓިން ޑައިރެކްޓަރ ރިއްފަތު މުހައްމަދު ވިދާޅުވީ ޕްރޮމޯޝަނުގެ ނަސީބުވެރިން ކޮންމެ ހަފުތާއަކު ވެސް ހޮވާނެކަމަށެވެ. އަދި ނަސީބުވެރިން އެމީހުންގެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއްކުރަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަގުތުން އެ ބޭފުޅެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްދޭނަށް. ނަސީބުވެރިން ހޮވާނީ މީޑިއާގެ ކުރިމަތީގަވަރަށް ހާމަކަން ބޮޑުކޮށް. ތަހުޒީބުވަމުން އަންނަ މުޖުތަމައުތަކުގައި މިހާރު ބޭނުންކުރަނީ ނަގުދު ފައިސާގެ ބަދަލުގައި ކާޑު. އަޅުގަނޑުމެން މި ޕްރޮމޯޝަނުގެ މަގުސަދަކީ ދިވެހި މުޖުތަމުގައި ކާޑު ބޭނުންކުރުމުގެ އާދަ އަށަގެންނެވުން. އޭރުން ވިޔަފާރު ކުރައްވާ ފަރާތްތަކަށް ވެސް އަދި ފިހާރަތަކަށް ވެސް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ،"ރިއްފަތު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސްބޭފުޅަކު ހަފްތާއެއްގެ ތެރޭގައި ފަންސާސް ހާސް ރުފިޔާއަށްވުރެ މަތިން ވިޔަފާރިއެއްކުރައްވާނެހެނެއް،" ރިއްފަތު ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލްގެ ކާޑު ބޭނުންކުރައްވައިގެން ރޯދަމަހު ވިޔަފާރު ކުރައްވާފައިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްވެސް އެ ބޭންކުން ވަނީ ކަނޑައަޅައިފައެވެ.

ބީއެމްއެލުން މި ޕްރޮމޯޝަން ފަށާފައިވާއިރު، އަންނަޖުލައިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެ ބޭނުންކުގެ ކަސްޓަމަރުންނަށް ވަނީ ވިސާޑެބިޓް ކާޑު އަލުން އަނބުރާ ދޫކުރަން ނިންމާފައެެވެ.  

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް