މޯޑިވިއަންގެ ދެވަނަ ސީޕްލޭން މިރޭ ރާއްޖެ ގެނެސްފި

image މޯލްޑިވިއަންއަށް މިރޭ ގެނައި ސީޕްލޭން: މިބޯޓު މާލެއައީ ކެނެޑާއިން ފުރިތާ 7 ދުވަސްފަހުން

މޯޑިވިންގެދެވަނަ ސީޕްލޭން މިރޭ މާލެ ގެނެސްފިއެވެ. މި ސީޕްލޭން އިބްރާހީމް ނާސިރުއިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސީ މީރޭ 7.00 އެހައިކަންހާއިރުއެވެ.

މޯލްޑިވިއަންގެ ހެޑްއޮފް އެޑްމިނިސްޓްރޭޝަން ޢަލީ ނަޝާތު މިރޭ ވިދާޅުވީ މިއީވެސް 14ނުވަތަ16 މީހުނަން ދަތުރު ކުރެވޭ ސީޕްލޭނެއްކަމަށެވެ.

މި ސީޕްލޭންގެ ދަތުރުތައް ފެށުމަށްހަމަޖެހިފައިވަނީ ޖުލައި މަހުކަމަށްވެސް އޭނާވިދާޅުވިއެވެ. ނަމަވެސް ދަތުރުކުރާނެ މަންޒިލްތައް އަދި ނިންމާފައި ނުވާކަމަށެވެ.މި ސީޕްލޭންގެ ސަބަބުން މޯލްޑިވިއަންއިން ދެމުން ގެންދާ ޚިދުމަތްތަކަށް ކުރިއެރުމެއްލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފައިވަނީ މިއަހަރު އެޕްރީލް17 ވަނަ ދުވަހުއެވެ. އެއީ "ޑީއެޗް ސިކްސް ޓްވިން އޮޓާ"މަރުކާގެ ބޯޓެވެ. ދެވަނަ ސީޕްލޭން ގެނައިއިރު ކުރިންވެސް މޯލްޑިވިއަން އިން ވަނީ މިޚިދުމަތް ދިނުމަށް އެއާޕޯޓްގައި ފްލޯޓިން ޖެޓީ ވެސް ހަދައި ނިންމާފައެވެ. 

މައުލޫމާާތު ލިބިފައިވާ ގޮތުގައި އަންނަމަހު މޯލްޑިވިއަންއިން އިތުރު 2 ސީޕްލޭން ގެނައުމަށްވަނީ ހަމަޖެހިފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް 8 ބޯޓު ހަމަކުރުމަށް އެތަނުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް