"ސައިކަލް ވިޔަފާރި މިދުވަސްވަރު ވަރަށް ރަނގަޅު"

image

ރޯދަމަހާ ދިމާކޮށްސައިކަލުގެ ވިޔަފާރި ވަރަށް ރަނގަޅުވަމުން އަންނަ ކަމަށް ސައިކަލް ވިއްކާބައެއްތަންތަނުން ހާމަކޮށްފިއެވެ.

"މޮޓޯއެކްސްޕާޓް" އިން ބުނެފައިވަނީ ކޮންމެ އަހަރެއްގެވެސް ރޯދައަށް ސައިކަލްގަންނަ މީހުންގެ އަދަދު އިތުރުވާ ކަމަށެވެ. މިއަހަރުގެ ރޯދައަންނަންއެއްމަހަށްވުރެ ކައިރިވެފައިވާއިރު އެވްރެޖު ގޮތެއްގައި އެތަނުން ދުވާލަކަށް 6ސައިކަލް ވިކޭ ކަމަށެވެ.

"ބައެއް ދުވަސްދުވަހުމިހާރު ނުވަ ސައިކަލްވެސް ވިކޭ. މިއީ ވަރަށް ރަނގަޅު ޢަދަދެއް ނިސްބަތުން،"އެތަނުގެ އިސްބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޯދަމަހަށް ޚާއްސަކޮށްގެންއެތަނުން 300 އަށްވުރެ ގިނަ ސައިކަލް ގެންނާނެ ކަމަށެވެ. އޭގެތެރެއިން ގިނަސައިކަލް މިހާރުވަނީ މާލެއައިސްފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސައިކަލްގެ ވިޔާފާރިރަނގަޅުވެފައިވާއިރު ގިނަމީހުން އަދިވެސް ސައިކަލް ނަގަނީ އިންސްޓޯލްމެންޓަށެވެ."ނަގުދު ފައިސާ ދީފައި ގަންނަނީ ވަރަށް މަދުބައެއް،" އެތަނުން ވާހަކަދެއްކި ބޭފުޅާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޯދައަށް ވިޔަފާރި ރަނގަޅު ވެފައިވާއިރުރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޚާއްސަ ޕްރޮމޯޝަނެއް ފެށުމަށްވަނީތައްޔާރުވެފައެވެ. އެއީ އެތަނުން ގަންނަ ކޮންމެ ސައިކަލަކަށް 2000 ރުފިޔާގެޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ކަމަށް ވިދާޅުވިއެވެ. އިންސްޓޯލްމެންޓަށްސައިކަލްނަގާ މީހުންނަށް މިފުރުސަތު އޮންނާނެ ކަމަށް އެތަނުން ހާމަކުރިއެވެ. މިޕްރޮމޯޝަން ޢީދުގެ ނިޔަލަށް ދެމިއޮންނާނެ ކަމަށްވެސް އެތަނުން ހާމަކުރެއްވިއެވެ.

ސައިކަލްގެ ވިޔަފާރިކުރަމުންދާ އެލިއާ އިންވެސްޓްމަންޓުން ބުނީ އެތަނުގެ ވިޔަފާރިވެސް މިމަހު ވަރަށްރަނގަޅުވެފައިވާ ކަމަށެވެ. މިމަސް ނިމޭއިރު އެތަނުން 80 އާއި 100 އާ ދެމެދުގެއަދަދަކަށް ސައިކަަލް ވިކޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެތަނުން މައުލޫމާތު ދިންގޮތުގައި އެތަނުން މިހާރުވެސް ދުވާލަކަށް މަދުވެގެން 3 ސައިކަލް ގަންނަ ކަމަށެވެ.

އެލިއާއިންވެސް ބުނީކޮންމެއަހަރަކު ރޯދަމަސް ކައިރިވުމުން ސައިކަލް ވިޔަފާރި އިތުރުވާ ކަމަށެވެ.ނަަމަވެސް ރޯދަމަހާ ދިމާކޮށް އެތަނުން ޕްރޮމޯޝަނެއް ފެށުމަށް ހަމަޖެހިފައިނުވާކަމަށްވެސް މައުލޫމާތު ދިނެވެ. 

 

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement