އެކްސްޕާޓް މޮޓޯސް އިން ވިއްކާ ކޮންމެ ސައިކަލަކަށް 2000 ރުފިޔާގެ ޑިސް ކައުންޓެއް

image

ރާއްޖޭގައި ސައިކަލް ވިޔަފާރި ފުޅާދާއިރާއެއްގައިކުރަމުންދާ އެކްސްޕާޓް މޮޓޯސް އިން ރޯދަމަހަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ކުރިއަށްގެންދާނެ ކަމަށް ބުނެފިއެވެ.

މިޕްރޯމޯޝަން ކުރިއަށް ގެންދަނީ ރޯދަމަހުގެފުރަތަމަ ދުވަހުން ފެށިގެން ޢީދުގެ ނިޔަލަށެވެ. މި މިމުއްދަތުގައި އެތަނުން ވިއްކާކޮންމެ ސައިކަލަކުން 2000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެތަނުންމައުލޫމާތު ދިނެވެ.

"އިންސްޓޯލްމެންޓަށް ނަގާ މީހުންނަށްވެސް އެފުރުސަތުއޮންނާނެ. އިންސްޓޯލްމެންޓުގެ ޖުމްލަ ކޭޝްޕްރައިސްއަށް ބަލާފައި ޖުމްލަ އަދަދުންދެހާސް ރުފިޔާ އެމީހުންނަށްވެސް ލިބޭނެ ޑިސްކައުންޓުގެ ގޮތުގައި،" އެތަނުންވެރިއަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިންވެސް އެތަނުންވާނީމިފަދަ ޕްރޮމޯޝަން ބާއްވާފައި ކަމަށެވެ. މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެފަރާތުން ލިބޭ ތަރުހީބުވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެެވެ.

ރޯދަމަަސް ކައިރިވަމުން އަންނަ ވަރަކަށްވިޔަފާރިވެސް ރަނގަޅު ކަމަށް އޭނާވިދާޅުވިއެވެ. މިހާރުވެސް އެވްރެޖުކޮށް ދުވާލަކަށް 6 ސައިކަލް ވިކެވެ. ރޯދައަށްޚާއްސަކޮށްގެންނެ 300 އަށްވުރެ ގިނަ ސައިކަލް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.މިގޮތުން ގެންނަ އެންމެފަހުގެ ޝިޕްމެންޓް ވަރަށް އަވަަހަށް ރާއްޖެ އަންނާނެ ކަމަށްއޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement