އެމްއެފްސީ އިން 750 ރުފިޔާގެ ކަސްރަތު ޕެކޭޖެއް ތަޢާރަފްކޮށްފި

image މާލޭ ފިޓްނަސް ކުލަބު (އެމްއެފްސީ) ގައި ކަސްރަތު ކުރަނީ: ފޮޓޯ އެމްއެފްސީ ފޭސްބުކް ޕޭޖު

މާލޭ ފިޓްނަސް ކުލަބު (އެމްއެފްސީ) އިން ރޯދަމަހަށް ޚާއްސަ ކަސްރަތު ޕެކޭޖެއް ތަޢާރަފް ކޮށްފިއެވެ.

މިއަދުން ފެށިގެން މިޕެކޭޖު ވިއްކާނެ ކަމަށް އެތަނުން މަޢުލޫމާތު ދިނެވެ. "މިއީ ރޯދަމަހަށް ޚާއްސަކޮށްގެން ބާއްވާ ޕްރޮމޯޝަނެއްގެ ދަށުން ކުރާކަމެއް. މިޕެކޭޖު ވިއްކަނީ ދެމަސް އެއްކޮށް 750 ރުފިޔާއަށް. އެއީ ކުރިން މަހަކަށް 530 ރުފިޔާއަށް ވިއްކި ޕެކޭޖެއް،" އެމްއެފްސީ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މިޕްރޮމޯޝަން ކުރިއަށް ގެންދާނީ ޖޫން 1 އިން ފެށިގެން ޖުލައި 26 އަށް ކަމަށްވެސް އެތަނުން މަޢުލުމާތު ދިނެވެ.

ރޯދަމަހުގެ ކުލާސްތައް އޮންނާނީ ހަވީރު 3.00 އިން ދަންވަރު 1.00 އަށެވެ. ރޯދަމަހަށްފަހު ކުލާސްތައް އޮންނާނީ ފަތިހު 5.30 އިން ރޭގަނޑު 11.00 އަށް ކަމަށްވެސް އެތަނުންވަނީ ހާމަކޮށްފައެވެ.

މިއީ ދެޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހިންގާ ކުލާސްތަކެކެވެ. ސިއްޙީ މައްސަލައެއް ހުންނަ މީހެއް ކަމަށްވާނަމަ އެތަނުން ދޫކުރާ ފޯމުގައި "މެޑިކަލް އެލާޓް" ބައި ފުރިހަމަ ކުރުމަށްފަހު ޑޮކްޓަރު ދީފައިވާ ލަފާގެ މަތީން ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނެ ކަމަށްވެސް އެމްއެފްސީ އިން މަޢުލޫމާތު ދިނެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement