ނޮވެންބަރުމަހު މީރާއަށް ލިބުނު އާމްދަނީ އަންދާޒާ ކުރިވަރަށްވުރެ އިތުރުވެއްޖެ

މިއަހަރުގެ ނޮވެމްބަރުމަހު އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 495.8 (ހަތަރުސަތޭކަ ނުވަދިހަފަހެއް ޕޮއިންޓް އަށެއް) މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެތަނުން ހާމަކުރައްވައިފިއެވެ.

މިރާއީން ހާމަކުރައްވާފައިވާ ގޮތުގައި މިއަދަދަކީ އެ މުއްދަތުގައި އެތަނަށް ލިބޭނެކަމަށް އަންދާޒާ ކުރި އަދަދަށްވުރެ %3(ތިނެއް އިންސައްތަ) އިތުރު އަދަދެއް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ލިބިފައިވާ އަދަދަށްވުރެ %22.8 (ބާވީސް ޕޮއިންޓް އަށެއް އިންސައްތަ) އިތުރު އަދަދެއް ކަމަށްވެސް މީރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ވޭތުވެދިޔަ ނޮވެންބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސް.ޓީއިން ޖުމްލަ 296.7 (ދުއިސައްތަ ނުވަދިހަހައެއް ޕޮއިންޓް ހަތެއް)މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ޓެކުހުންނެވެ. ޓޫރިޒަމް ޓެކުހުން ޖުމްލަ 80.1 (އައްޑިހަ ޕޮއިންޓް އެކެއް) މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް މީރާއިން ހާމަ ކުރައްވާފައިވެއެވެ.

ނޮވެންބަރު މަހުގެ އާމްދަނީއާ އެކު މިހާތަނަށް މިއަހަރު 8.2 (އަށެއް ޕޮއިންޓް ދޭއް) ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް މީރާއިން ހާމަ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް