ބީފް ކޮއްތު

image

ބޭނުންވާ ތަކެތި

3 ރޮށި ( ހަނިދިގަށް ކޮށާފައި )

3/1 ސައި ސަމުސާ މުގުރި ފޮނި ތޮށި ކާފޫރު ތޮޅި

1 ބިސް

2/1 ޖޯޑު ހުންނަހާ ކުދިކޮށް ކޮށާފައި ހުރިގެރި މަސް

4/1 ސައި ސަމުސާ މުގުރި އަސޭ މިރުސް

2/1 ޖޯޑު ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ކެބެޖް ، ކެރެޓް

2/1 ޖޯޑު ހުންނަހާ ހިމުންކޮށް ކޮށާފައި ހުރި ލީކްސް1 ފިޔާ ހިމުންކޮށް ކޮށާފައި

1 ހިކަނދިފަތް

1 ފިޔާ ( ހިމުންކޮށް ކޮށާފައި

2/1 ސައި ސަމުސާ އިނގުރު ( ޗިސްކޮށްފައި ހުރި)

2 ހިކި މިރުސް ބުރި ބުރި ކޮށްފައި

1ސައި ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް

2/1 ސައި ސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި)

ލޮނުކޮޅެއް

ތެޔޮ ފޮދެއް

ތައްޔާރުކުރާނެގޮތް

ފުރަތަމަ ގެރި މަސްކޮޅުން މީރުކޮށް ތުނިކޮށް ރިހަ ކައްކާލާށެވެ. ދެން އޭގެ ތެރެއިން ގެރި މަސްކޮޅު ވަކިން ނަގާފައި ކުދިކޮށް ކޮށާފައި ބަހައްތާށެވެ.

2/1 ޖޯޑު ރިހަ އޭގެތެރެއަން ނަގާފައި ވަކިން ބަހައްޓާށެވެ. ދެން ތަވާއުނދުން މައްޗަށް އުދާލުމަށްފަހު ( ފަތާ ބޮޑު ތަވައެއް) ހޫނުވީމާ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ ، މިރުސް ، ކެބެޖް ، ލީކްސް، ކެރެޓް، ހިކަނދިފަތް އެއްކޮށް އަލާލުމަށްފަހު މޯޅިވަންދެން ދޭފަތުން ހަލަމުން ދާށެވެ.

ދެން ބިސް ތަލާފައި އަލާފައި ފަހަރަކު ބާވަތެއް އަޅަމުން ދޭފަތުން އަވަސް އަވަހަށް ހަލަމުން ކައްކާށެވެ. ރަނގަލަށް އެއްވީމާ އުނދުން މަތިން ބާލާށެވެ. ކޮއްތު ތައްޔާރުކުރާ ނީ ޓިނު ފޮއއްޗެއް ކަހަލަ ދަނގަނޑު ފުޅާ ވަޅިއެއްކަހަލަ ދޭފަތަކުން ދެފަރާތައް ކަހަމުންއަވަސް އަވަހަށެވެ.

އާދައިގެ ތަވައެއްގައި ވެސް ހެދިދާނެއެވެ. ޗިކަން ކޮއްތު ވެޖްޓަބްލް ކޮއްތު އަދި ފިޝްކޮއްތު ވެސް ތައްޔާރުކުރާނީ މިގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް