ކަށިކޭލުކަނދި

image

ބޭނުންވާތަކެތި

10 ޖޯޑު ކަށިކެޔޮ

1 ޖޯޑު ހަނދޫ ( ފުނޑާފައިހުރި)

5 ޖޯޑު ހަކުރު

15 ޖޯޑު ފެން

3 ޖޯޑު ކާށިކިރު

2 /1 ސައިސަމުސާ މުގުރި ކާފޫރުތޮޅި

6 ރާނބާފަތްކޮޅު ( 2 / 1 އިންޗިއަށް ބުރިބުރިކޮށްފައިހުރި)

3 ޖޯޑު މާފެން ނުވަތަ 2 މެޒުމަތީ ސަމުސާ މާފެން

ތައްޔާރުކުރާނެގޮތް

ކޮށާފައި ހުރި ކަށި ކެޔޮ ފުނޑާލާފައި ފުރޭންޏަކުން ފުރާނާލާފައި ބަހައްޓާށެވެ. އެއަށްފަހު ހަކުރާއި ފެން ތެއްޔަކަށް އަޅާލުމަށްފަހު ހަނޑޫ ފުށް ވެސް އެއަށް އެއްކޮށްގެން ގިރާލާފައި ރާނބާފަތްކޮޅު އެއްކޮށްފައި އުދާލާށެވެ. ދެން ކެކިގަތީމާ ކަށި ކެޔޮކޮޅު އަޅާލާފައި ކާފޫރުތޮޅިކޮޅުވެސް އެއްކޮށްލާށެވެ. ކެކެންފެށުމުން ބޯކިރު އެއްކޮށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް