ސޮސެޖް ފްރައިޑް ރައިސް

image

ބޭނުންވާ ތަކެތި

2 ޖޯޑު ބަތް ( ބާސްމަތީ ހަނޑުލުގެ

2 ސޮސެޖް ( ކުދިކޮށް ކޮށާފައި

2/1 ޖޯޑު ގްރީން ބީންސް

( ތުނިކޮށް ކޮށާފައި )

1 ކެޕްސިކަމް ( ހިމުންކޮށް ކޮށާފައި)

1 ސައި ސަމުސާ އިނގުރު ލޮނުމެދު ( ޗިސްކޮށްފައި ހުރި)

1 ބިސް

2/1 ޖޯޑު ކެރެޓް ( ގާނާފައި ހުރި)

2/1 ހުންނަހާ ހިމުނކޮށް ކޮށާފައި ހުރި ކެބެޖް

2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

2/1 މޭޒުމަތީ ސަމުސާ އަޖިނަމޮޓޯ

3/1 ސައި ސަމުސާ މުގުރި އަސޭ މިރުސް

1 ސައި ސަމުސާ ގިތެޔޮ މިރުސް

1 ފިޔާ ( ހިމުންކޮށް ކޮށާފައި )

ލޮނުކޮޅެއް

ތެޔޮ ފޮދެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮ ފޮދު ހޫނުވީމާ ފިޔާ، ، ކެބެޖް، ކެރެޓް، ކެޕްސިކަމް ، މިރުސް، އެއްކޮށް އަޅާ ލުމަށްފަހު މަޑު ގިނީގައި މޯޅި ވަންދެން ދޭފަތުން ހަލަމުން ދާށެވެ. ފިޔާކޮޅު މޯޅި ވުމުން ފަހަރަކު ބާވަތެއް އަޅަމުން އެއްކުރަމުން ދާށެވެ. ރަހަ ނިކުންނަ ވަރު ވުމުން ބަތް ކޮޅުއަޅާފައި އެއްކޮށްލުމަށްފަހު އުނދުން މަތިން ބާލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް