ސީ ފުޑް ފްރައިޑް ރައިސް

image

ބޭނުންވާ ތަކެތި

3 ޖޯޑު ބަތް

3/1 ބައި ސައި ސަމުސާ މުގުރި އަސޭ މިރުސް

1 ފިޔާ ( ހިމުންކޮށް ކޮށާފައި )

4/1 ގިތެޔޮ މިރުސް ( ކޮށާފައި)

2 ލޮނުމެދު ( ގާނާފައި)

2 ބިސް

2/1 ޖޯޑު ގާނާފައި ހުރި ކެރެޓް

2/1 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ގްރީން ބީންސް

2/1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ކެބެޖް

1 ސައި ސަމުސާ އިނގުރު ( ގާނާފައި ހުރި)

2/1 ޖޯޑު ކަޓްލް ފިޝް ( ކުދިކޮށް ކޮށާފައި) )

2/1 ޖޯޑު ވައިޓް ފިޝް ކުދިކޮށް ކޮށާފައި

2/1 ޖޯޑު ޕްރޯންސް

2 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް ( ނުވަތަ ރަހަދޭވަރަށް)

3/1 ސައި ސަމުސާ މުގުރި އަސޭ މިރުސް

ލޮނުކޮޅެއް

ތެޔޮ ފޮދެއް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ އުނދުން މައްޗަށް ތަވާ އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަލާފައި ހޫނުވީމާ ފިޔާ މިރުސްއަލާފައި މޯޅިވީމާބިސް ވެސް ތަލާފައި އަޅާލާށެވެ. މަޑު ގިނީގައި ދޭފަތުން ހަލަމުންދާށެވެ.ދެން މަސްތައްއަޅާލާފައި ރޯފިލުމުން ބަތް ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށް އަޅާލާށެވެ. ރަހަ ނިކުންނަ ވަރަށް ކެކުމުން ބަތް ކޮޅު އެއްކޮށްފައި އުނދުން މަތިން ބާލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް