ފަޅޮލު ކަނދި

image

ބޭނުންވާތަކެތި

3 ޖޯޑު ރިއްސެޔޮ ލީ ފަޅޯކުދިކޮށް ގޮޅިގޮތަށް ކޮށާފައިހުރި

2 / 1 ޖޯޑު ފުނޑާފައިހުރި ހަނޑޫ

5 ރާނބާފަތްކޮޅު ( 2 / 1 އިންޗިއަށް ބުރިކޮށްފައިހުރި)

2 ޖޯޑު ބައި ހަކުރު

2 ކާށީގެ ހުނި

2 ޖޯޑު މާފެން

ތައްޔާރުކުރާނެގޮތް

ތެއޔަށް ފެން އަޅާލުމަށްފަހު ކައްކަން އުދާލާށެވެ. ފެން ކެކިގަތީމާ ފަޅޯކޮޅު އަޅާފައި ފަޅޯ ރޯފިލުމުން ފެން އޮއްސާލާފައި ގިނިމަޑުކޮށްފައި ރާނބާފަތާއި ހަކުރު ކޮޅު އަޅާލާފައި ހަކުރު ދިޔާވަންދެން މަޑުމަޑުން ދޭފަތުން ހަލަމުން ފުލުގައި ހިފިޔަނުދީ ކައްކާށެވެ. ހަނޑޫ ފުށް 1 ޖޯޑު ކިރުގައި ގިރާލާފައި އެއްކޮށްލާށެވެ. ކެކިރޯފިލުމުން މާފެން ނުވަތަ ފިނިފެން އަޅާފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް