ބަނާނާ ފްރައިޑް ރައިސް

image

ބޭނުންވާތަކެތި

1 ޖޯޑު ގާނާފައިހުރި ރޯމާޅޮސްކެޔޮ

1 ޖޯޑު ކައްކާފައިހުރި ބްރައުން ރައިސް ( ލޮނާއި ތެޔޮނުލާ ކައްކާފައިހުރި)

1 ފަޅި ފިޔާ ( ހިމުންކޮށް ކޮށާފައި)

2 ހިކަނދިފަތް

2 ފެހިތޮޅި މިރުސް ( ހަނި ހަނިކޮށް ފަޅިފަޅިކޮށްފައި)

4 /1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ލޮނުމެދު ( ގާނާފައި)

ކުޑަ ލޮނުކޮޅެއް

ކުޑަ ޒައިތޫނި ތެޔޮ ފޮދެއް ނުވަތަ ތަރުކާރީ ކޮޅު މޯޅިވާވަރުގެ ފެން ފޮދެއް

ތައްޔާރުކުރާނެގޮތް

ތަވާ އުނދުންމައްޗަށް އުދާފައި ކުޑަ ތެޔޮ ފޮދެއް އަޅާފައި ހޫނުވީމާ ފިޔާ ، ކެޔޮ، މިރުސް އެއްކޮށް އަޅާފައ ކެޔޮކޮޅު ރޯފިލަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ. ރޯފިލުމުން ބާކީހުރި ހުރިހާބާވަތް އެއްކޮށްފައި ރަހަހިފާވަރުވީމާ އުނދުންމަތިން ބާލާށެވެ. ލައިޓް ސްޕައިސީ ބޭކްޑް ފިޝްކޮޅަކާއި ލޭޑީސް ފިންގަރ ވިތް ޑާލްކަރީކޮޅަކާއި އެކު ސާރވް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް